ކެވިން  ޑީ ބްރޭނާ އިޓަލީގެޗެމްޕިއަން ނަޕޯލީއަށް
ނަޕޯލީގެ މީސްމީޑިއާގައި ހިއްސާކޮށްފައިވާ ދީބްރޭނާގެ ފޮޓޯ

ކެވިން ޑީ ބްރޭނާ އިޓަލީގެޗެމްޕިއަން ނަޕޯލީއަށް

24 hours ago - 22:06
Jun 12, 2025 - 22:08

ސީޒަން ނިމެނިކޮށް, މެންޗެސްޓަރ ސިޓީ ދޫކޮށްލި ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑީ ބްރޭނާ އިޓަލީގެ ނަޕޯލީއަށް ސޮއިކޮށްފިއެވެ. 

ފާއިތުވި ސީޒަންގައި އިޓަލީ ލީގު ކާމިޔާބުކުރި ނަޕޯލީގެ ކޯޗަކީ ޗެލްސީ އަދި ޓޮޓެންހަމްއަށްވެސް ކުރިން ކޯޗުކޮށްދީފައިވާ އެޓޯނިއޯ ކޮންޓޭއެވެ. 

ނަޕޯލީއަށް ހިލޭ ޓްރާނސްފަރ އެއްގައި ޑީބްރޭނާ ބަދަލުވީ އެމެރިކާ ލީގުގެ ޝިކާގޯ ފަޔާއަށް ނޫނެކޭ ބުނުމަށްފަހުއެވެ. މާނައަކީ ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގުން ޑީ ބްރޭނާ ފެންނާނެއެވެ. 

ނަޕޯލީން 33 އަހަރުގެ ޑީ ބްރޭނާ އެ ކްލަބަށް ސޮއިކުރިކަން އިއުލާން ކުރީ ތަޙްތެއްގައި ބޮލުގައި ތާޖު އަޅައިގެން އިން ފޮޓޯއަކާއެކު "ކިންގް ކެވް އިސް ހިއަރ " ޖަހާފައި އިން ކޮމްޕިއުޓަރުން ހަދާފައިވާ ޑީބްރޭނާގެ ފޮޓޯއަކާއެކުއެވެ.

Advertisement
Advertisement

ޑީ ބްރޭނާ މެންޗެސްޓަރ ސިޓީއާ އަލަވަދާއު ކީ އެ ކްލަބުގައި 10 އަހަރު ހޭދަކުރުމަށްފަހުއެވެ. 2015 ގައި ވްލްފްސްބާގް އިން ސިޓީއަށް ބަދަލުވި ޑީ ބްރޭނާ ސިޓީއާއެކު 19 ތަށި ހާސިލްކޮށްފައި ވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow