ޣައްޒާ މާޗްގެ ކުރިން މިޞްރުން 200 އަށްވުރެގިނަ އެކްޓިވިސްޓުން ޑީޕޯޓްކޮށްފި
ސުމުދް ގާފިލާއާ ގުޅެން ނެދަލެންޑްއިން ދަތުރުކުރި އެކްޓިވިސްޓުން އެގައުމުން ފުރުމުގެ ކުރިން ފަލަޞްޠީނުގެ ދިދައާއެކު. ފޮޓޯ: އޭއެފްޕީ

ޣައްޒާ މާޗްގެ ކުރިން މިޞްރުން 200 އަށްވުރެގިނަ އެކްޓިވިސްޓުން ޑީޕޯޓްކޮށްފި

އިޒްރާއިލްއިން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިންމަން ދުނިޔޭގެ ގިނަ ގައުމުތަކަކުން މާޗްގައި ބައިވެރިވުމަށް މިޞްރަށް ދަނީ ދަތުރުކުރަމުން

22 hours ago - 22:36
Jun 12, 2025 - 22:38

އިޒްރާއިލްއިން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް 'ގްލޯބަލް މާޗް ޓު ޣައްޒާ' ގެ ނަމުގައި ބާއްވާ ހިނގާލުމާ ގުޅެންމިޞްރަށް ދަތުރުކުރި ގިނަ އަދަދެއްގެ އެކްޓިވިސްޓުންތަކެއް މިޞްރުގެ އެއަރޕޯޓުން ހިފެހެއްޓުމަށްފަހު ޑީޕޯޓްކޮށްފިއެވެ. ރިޕޯޓްތައް ބުނާގޮތުން މިއަދަދު ވަނީ 200 އަށްވުރެ މަތިވެފައެވެ. 

ހަރާކާތުގެ ތަރުޖަމާނު ސައިފް އަބޫކެޝަކް ވަނީ އޭއެފްޕީއަށް އެ އަދަދު ކަށަވަރުކޮށްދީފައި ކަމުގައި އެނޫހުން ވަނީ ބުނެފައެވެ. އަލްޖީރިއާ, މޮރޮކޯ, އޮސްޓްރޭލިއާ, ފްރާންސް, ސްޕެއިން, ނެދަލެންޑްސް އަދި އެމެރިކާގެ ރައްޔިތުންވެސް ހައްޔަރުކޮށް ސުވާުލުކުރި ކަަމަށް އަބޫކެޝަކް ވަނީ ބުނެފައެވެ. ބައެއް މީހުން ސުވާލުކުރުމަށްފަހު ދޫކޮށްލި ނަމަވެސް ހައްޔަރުގައިވެސް ގިނަ ބަޔަކު ތިބިކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓިއުނީޝިއާއިން ފުރައިގެން އެއްގަމު މަގުން ހޯމަދުވަހު ފުރި ގާފިލާއާ މިޞްރުގެ ސައިނާއީ ޕެނިންސިއުލާއިން ގުޅުމަށް ދުނިޔޭގެ 50 ގައުމަކުން އެކްޓިވިސްޓުން އަންނަނީ މިޞްރަށް ދަތުރުކުރަމުންނެވެ.

އެތައްހާސް އެކްޓިވިސްޓުން ރަފަޙް ބޯޑަރަށް ފައިމަގުގައި ދިއުމަށް ރާވާފައިވާ މި ހަރާކާތް ނިންމަން އޮތީ މާދަމާގެ ވަގުތެއްގައެވެ. ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ޣައްޒާއަށް އިންސާނީ އެހީގެ ދޮރުތައް ހުޅުުމުމަށް ޣައްޒާއާއި ފަލަޞްޠީން ޙިޞާރުކޮށްގެންތިބި ސަޙްޔޫނީ ދައުލަތަށް އަރަބި ގައުމުތަކުގެ ވެރިން މެދުވެރިކޮށް ފިއްތުންތައް ކުރުމަތި ކުރުމެވެ.

Advertisement
Advertisement

ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހަރަކާތާ ގުޅުމަށް މިޞްރަށް ދަތުރުކުރަމުން އަންނަ ބައިވެރިނަން މިޞްރުގެ އޮފިޝަލުން އަންނަނީ ހުރަސް އަޅަމުންނެވެ. އެއަރޕޯޓުން އަދި އެމީހުން ތިބި ހޮޓާތަަަކަށްވެސް ވަދެ ސުވާލުކުރުމަށްފަހު ހައްޔަރުކޮށް ގިނަ ބަޔަކު މިއަދުވެސް ވަނީ ޑީޕޯޓްކޮށްފައެވެެ

މިޞްރުގެ އިދާރާތަކާ ހަވާލާދީ އެސޯސިއޭޓަޑް ޕްރެސްއިން ބުނެފައިވާ ގޮތުގައި މިއަދު އެކަނިވެސް މިޞްރުން 30 ހަކަށް މީހުން ވަނީ މިކަމާ ގުޅިގެން ޑީޕޯޓްކޮށްފައެވެ. އޭގެތެރޭގައި ގިނައި ނެދަލެންޑްސްގެ ރައްޔިތުންނެވެ.

އަދި ފާއިތުވި ދެ ދުވަހު ވެސް ޔޫރަޕްގެ ޕާސްޕޯޓްގައި މިޞްރަށް އެތެރެވި ގިނަ ބަޔަކު ޑީޕޯޓްކޮށްފައިވާކަމަށްވެސް އޮފިޝަލުން ބުނެފައިވާކަމަށް އެނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

ނަން ހާމަކުތަން ބޭނުންނުވާ އޮފިޝަލާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ އެމީހުން ޑީޕޯޓްކޮށްފައިވަނީ ހުއްދަ ނުހޯދާ އުތުރު ސައިނާއީ އަށް ދަތުރުކުރަން އުޅޭކަމަށް ބަލާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow