ރެއިޑް އޮޕަރޭޝަނެއްގައި އިތުރު 6 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑެއްގެ ތެރެއިން / ފޮޓޯ: ިމިގްރޭސަން

ރެއިޑް އޮޕަރޭޝަނެއްގައި އިތުރު 6 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

9 hours ago - 10:58
Apr 7, 2025 - 11:12
Advertisement
Advertisement

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ 6 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮއްސިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ، އޮޕަރޭޝަނުގައި މާލޭގައި ހިންގާ ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ބަލައި ފާސްކުރި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދަވާ މިފަދަ ރެއިޑް އޮޕަރޭޝަންތަކެވެެ.  މިފަދަ ރެއިޑް އޮޕަރޭޝަނެއްގައި މިމަހުގެ 4 ވަނަ ދުވަހު، މާލޭގައި ހުންނަ ކެފޭއަކުން ގަވާޢިދާ ޚިލާފަށް އުޅޭ 11 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އަދި މިދިޔަ މަހުގެ 23 ގައި ހިންގި އޮޕަރޭޝަނެއްގައި މާލޭ ހީނާމާގޭ ޕާކިންގ ސަރަޙައްދުން 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

މިގޮތަށް ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެނިކޮށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވޭ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ވަނީ ރާއްޖެއަށް ނާދެވޭ ގޮތަށް އެބިދޭސީންގެ އަމިއްލަ ގައުމުތަކަށް ފޮނުވައިވެސް ލައިފައެވެ. ކުރިއަށް އޮތްތަނުގައިވެސް މިފަދަ ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement