
ކަނޑުމަގުން ބޮޑު ފްލީޓެއް ޣައްޒާ ބްލޮކޭޑް 'ފުނޑާލުމަށް' ދަތުރު ފަށަށް ތައްޔާރުވަނީ
މި މަހު ފަހުކޮޅު ދަތުރަށް ފަށާނެ. 44 ޤައުމަކުން 6000 މީހުން ވަނީ ފްލީޓާ ގުޅުމަށް މިހާރު ރެޖިސްޓަރ ކޮށްފައި
ގްލޯބަލް ސުމުދް ފޮލޮޓީލާ(ޖީއެސްއެފް) އިން އަންނަ އޮގަސްޓް-ސެޕްޓެމްބަރު މަހު އެންމެ ބޮޑު ކަނޑު ފްލީޓްގެ ގޮތުގައި ޢައްޒާ ބްލޮކޭޑް (އިޒްރާއިލް އިން ޤާނޫނާ ހިލާފަށް ޢައްޒާ ބަންދުކޮށްފައި އޮތް އޮތުން) 'ފުނޑާލުމަށް' ތައްޔާރުވަމުން އަންނަކަމަށް އެޖަމާއަތުން އިއުލާންކޮށްފިއެވެ.
މީގެ އެއްދުވަސް ކުރިން ތޫނިސްގައި ވަނީ ޖީއެސްއެފްގައި ހިމެނޭ މަޤްރެބް ސުމުދް ފްލޮޓީލާ, ފްރީޑާމް ފްލޮޓީލާ ކޯލިޝަން, ގްލޯބަލް މޫވްމެންޓް ޓު ޣައްޒާ އަދި ސުމުދް ނުސަންތަރާއިން ވަނީ މި މިޝަން އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ނޫސްކޮންފަރެންސް އެއް ބާއްވާފައެވެ.
މިއީ 2007 ގައި އިޒްރާއިލްއިން ޣައްޒާ އެއްގަމާއި ކަނޑުގެ މަގުން ބަންދުކުރި ފަހުން އެކަމާ ޗެލެންޖް ކުރުމަށް ކަނޑުމަގުން ކުރިއަށްގެންދާ އެންމެ ވަރުގަދަ ހަރަކާތްކަމަށް އެޖަމާއަތުން ވަނީ އިއުލާންކޮށްފައެވެ. މިހާރުވެސް 44 ގައުމަކުން 6000 ށްވުރެ ގިނަ މިހުން ވަނީ މި ފްލީޓާ ގުޅުމަށް ރެޖިސްޓަރ ކޮށްފައި ކަމުގައި ޖީއެސްއެފް އިން ބޭއްވި ނޫސްކޮންފަރެންސްގައި ވަނީ ބުނެފައެވެ.
ގިނަ ކަނޑު އުޅަނދުތަކެއް މި ފްލީޓްގައި ހިމެނޭއިރު މައިބޯޓް ސްޕެއިން އިން ފުރާނީ މިމަހު 31 ގައެވެ. ތޫނިސް އަދި އެހެން ޤައުމުތަކުން އިން ބާކީ ހުރި ބޯޓްތައް ސެޕްޓެމްބަރު 4 ގައި ފުރާނެއެވެ.
ދެކުނު އިރުމަތީ އޭޝިއާއިން ސުމުދް ނުސަންތަރާގައި މެލޭޝިއާގެ ދިދަ ދަށުން ފުރާ ބޯޓްގެ މާލިމީއަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއެވެެ. އެ ބޯޓް ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 23 ގައެވެ.
ޖީއެސްއެފް އާއެކު އެމެރިކާ, ބްރެޒިލް, މެލޭޝިއާ, ކޮލަމްބިއާ, ސްޕެއިން އަދި އިޓަލީ ފަދަ ޤާއުމުތަކުން ޑޮކްޓަރުންނާއި, ޤާނޫނީ ވަކީލުން , ނޫސްވެރިންނާއި, އިންސާނީ ހައްޤުތައް ދިފާއުކުރާ ފަރާތްތައް ދަތުރުކުރާނެއެވެ. ސުމުދް ނުސަންތަރާގައި ދިވެހިރާއްޖެ, މެލޭޝިއާ, އިންޑޮނީޝިއާ, ތައިލެންޑް, ޕާކިސްތާން, ބަންގްލަދޭޝް, ސްރީ ލަންކާ އަދި ފިލިޕީންސްގެ ބައިވެރިން ދަތުރުކުރާނެއެވެ.
ސުމުސް ނުސަންތަރާގެ ބައިވެރިން ޖީއެސްއެފްގެ މައި ފްލީޓާ ގުޅުމަށް ރަށްރަށާއި, އަވަށްތަކާއި ވިލެޖް އަދި ސިޓީތަކުން ދަތުރުކުރާނެއެވެ. މި ފްލީޓާ ގުޅުމަށް ރާއްޖެއިން ދެ ބައިވެރިއަކު މިހާރު ދަނީ ތޫނިސްގައި ކުރިއަށްދާ ތަމްރީންތަކާ ގުޅިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެފަރާތުންވަނީ މި ފްލީޓްކީ ޤާނޫނީ , އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް ހިންގާ ހަރަކާތެއް ކަމަށް ބުނެފައެވެެ. އަދި އިޒްރާއިލްއިން މި ބޯޓްތަކަށް ދޭ ހަމަލާއަކީ ނުވަތަ އަރައިގަތުމަކީ ކަނޑުފޭރުމުގެ އަމަލެއްކަމަށްވެސް ވަނީ ބުނެފައެވެ.
މިއީ ހަމައެކަނި އިންސާނީ އެހީ ހިފައިގެން ދަތުރުކުރާ ބޯޓްތަކެއް ނޫންކަމަށާއި, އިޒްރާއިލް އިން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ޛިންމާއާއެކު ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމާ ދެކޮޅު ހެދުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.
ނޫސް ކޮންފަރެންސްގެ ބައިވެރިން ވަނީ ދުނިޔެއާއި ހާއްސަކޮށް އަރަބި ޤައުމުތަކުންނާއި ހުޅަނގުން ޤަތުލްއާންމަށް ހިތްވަރުދިނުން ކޮށްވެރިކޮށްފައެވެެ.
ރިއެކްޝަންސް






