
އެއަރޑްރޮޕް ކުރާ އެހީގެ ޕައިލްތައް ޓެންޓުތަކުގެ މައްޗަށް, 11 މީހަކު ޒަހަމްވެއްޖެ
10 ގަޑިއިރަށް ބައެއް ސަރަހައްދުތަކުން ހަމަލާތައް ހުއްޓާލިނަމަވެސް 57 މީހަކު މިއަދުވެސް ޝަހިދުކޮށްލައިފި
އިޒްރާއިލްއިން ޣައްޒާ ބަނޑަށްޖައްސާ, ހައިހޫނުކަމުގެ އިންތިހާއަށް ޣައްޒާ ވައްޓާލުމަށްފަހު, ރޭ ވަނީ އިންސާނީ އެހީ މަތިން ވައްޓާލަން (އެއަރޑްރޮޕް) ފަށާފައެވެ. ނަމަވެސް މި އެހީގެ ބައެއް ޕައިލްތައް ޓެންޓުތަކުގެ މައްޗަށް ވެއްޓި, ޓެންޓުތައް ހަލާކުވެފައިވާއިރު އެފަަދަ ހާދިސާތަކުގައި 11 މީހަކު ޒަހަމްވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޣައްޒާގެ ހައިހޫނު ކަމުގެ ހާލަތު ހަމައަކަށް އެޅުވުމަށްކަމަށްބުނެ, ރޭ އިޒްރާއިލް އެއަރ ޑްރޮޕްކޮށް އެހީގެ ސާމާނު ފޯރުކޮށްދޭންފަށާފައިވާ ކަމަށް އިއުލާންކޮށްފައިވާއިރު މިހާތަނަށް ހިނގި ހާދިސާތަކާއެކު ހަމާސްއިން ވަނީ އެކަން ކުށްވެެރިކޮށްފައެވެ. އަންރްވާއިންވެސް ވަނީ ހައިހޫނު ކަމުގެ އިންތިހާގައި ތިބި ޣާއްޒާގެ ރައްޔިތުންނަށް އެކަށީގެންވާ އަދި އަބުރުވެރިކަމާއެކު ކާނާ ލިބިދޭނެ ގޮތަށް ކަންކުރުމަށް ގޮވާލާފައެވެ.
ޣައްޒާގެ ރައްޔިތުންނާ ހަވާލާދީ އެސަރަހައްދުތަކުން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ބުނީ, ޓެންޓުތަކުގެ ސަރަހައްދަށް ވެއްޓިފައިވަނީ މަދު ފަލެޓެއްކަމަށާއި, ގިނަ ޕަލެޓްތައް ވެއްޓުނީ އެމީހުންނަށް ދިއުންމަނާ އަސްކަރިއްޔާގެ ފައުޖުތައް ސްޓޭޝަންވެގެން ތިބި ސަރަހައްދުތަކަށް ކަމަށެވެ. އެހެންކަމުން އެތަކެތި އެމީހުންނަށް ލިބޭނެ މަގެއްނެތްކަމަށްވެސް ވަނީ ބުނެފައެވެ.
ހަމަ މިވަގުތު ބަިއނަލްއަޤުވާމީ ފިއްތުންތަކާއެކު އިޒްރާއިލްއިން އެހީ ވެއްދުމުގެ ނަމުގައި ބައެއް ސަރަހައްދުތަކުން ވަކި ގަޑތަކަކަށް ހަމަލާތައް މެދުކަނޑާލާނެކަމަށް ވަނީ އިިއުލާން ކޮށްފައެވެ. އެހެންނަމަވެސް މިއަދު އިރުއަރައިގެން މިހާތަނަށް ޣައްޒާއިން 57 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ޣައްޒާ ސިޓީން ބަޑިޖަހާ މަރާލި 4 އަންހެނަކުވެސް ހިމެނެއެވެ.
އެހީ ވަނުމަށް "ލިމިޓަޑް ހިއުމެނިޓޭރިއަން ކޮރިޑޯ" އެއް ހުޅުވާފައި އިން ަނަމަވެސް އެއްވެސް ޓްރަކެއް އަދި ޣައްޒާއަށް އެތެރެވެފައެއް ނުވެއެވެ.
އެއއަރޑްރޮޕްކޮށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި, މަދު އަދަދަކަށް އެހީގެ ތަކެތި ވަނުމަށް ހުއްދަދިނުން ހަމާސްއިން ސިފަކޮށްފައިވަނީ ޣައްޒާގެ ހައިހޫނުކަމުގެ ހާލަތާއަޅާބަލާއިރު ކުޑަކުޑަ ރަމްޒީ ކަމެއްގެ ގޮތުގައެވެ.
ރިއެކްޝަންސް






