އެމެރިކާގެ ލޮސް އެންޖެލިސް ގެ އަލިފާނުގައި 10,000 ގެ އަނދައި ހުލިވެއްޖެ
ވެސްޓް ހިލްސްގައި ތިންވަނަ އަލިފާންގަނޑު ވަނީ ރޯވެފައި
ފެސިފިކް ޕަލިސޭޑްސްގައި ރޯވި އަލިފާންގަނޑު ލޮސް އެންޖެލިސްއަށް ފެތުރި 10 މީހަކު މަރުވަފައިވާއިރު 10,000 ގެ އަނދައި ހުލިވެއްޖެއެވެ. އަލިފާން ކޮންޓްރޯލް ވުމުގެ ކޮޅުމަތިވެސް ފެންނަން ނެތްއިރު ވެސްޓް ހިލްސްގައި ވަނީ ތިންވަނަ އަލިފާންގަނޑު ރޯވެ އަނދަންފަށާފައެވެ.
"ގަދަ ވައިގައި އަލިފާންގަނޑު އިތުރަށް ފެތުރިގެންދާނެ ކަމަށް ބެލެވެނީ" ލޮސް އެންޖަލިސް ގެ މޭޔަރު ކަރެން ބާސް ބީބީސީއަށް ބުނެފައި ވެއެވެ.
އެންމެ ފުރަތަމަ ރޯވި އަލިފާންގަނޑުގައި 30,000 އޭކަރު (12,000 ހެކްޓަރ) އަނދައިގެން ގޮސްފައިވާއިރު ޕަލިސޭޑްގެ ގެތައް ހިމެނޭ 5000 އިމާރާތާއި އެތަކެއް ކާރުތަކެއްވެސް ވަނީ އަނދާ ހުލިވެފައެވެ.
ލޮސް އެންޖަލިސްގެ ކައުންޓީ ޕޮލިސް ރޮބާރޓް ލޫނާ އާ ޙާވާލާދީ އަލްޖަޒީރާގައި ބުނެފައިވާގޮތުން ޕަލިސޭޑްސްގެ ހާލަތު އެޓޮމިކް ބޮމެއް އަޅާފައިވާ ސަރަޙައްދެއް ފަދައެވެ. 180,000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ އަމުރު ނެރެފައިވާއިރު އިތުރު 200,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.
އަންގާރަ ދުވަހު ރޯވި އަލިފާންގަނޑުގައި ޕެސިފިކް ޕަލިސޭޑްސްގެ މަލިބޫ ސަރަޙައްދުވެސް އެއްކޮށް އަޅިއަށް ވަނީ ވެފައެވެ. އެސަރަޙައްދުގައި ހުރި ހޮލީވުޑްގެ ތަރިންގެ އެތައްމިލިއަން ޑޮލަރުގެ ޕްރޮޕަޓީތައް އެއްކޮށް ވަނީ އަލިފާނުގައި ނެތިގޮސްފައެވެ. އޭގެ ތެރޭގައި ޕެރިސް ހިލްޓަން, މައިލީ ސައިރަސް, ޖޭމްސް ވުޑް އަދި ބިލީ ކްރިސްޓަލްގެ އަގުބޮޑު ގެތައްވެސް ހިމެނެއެވެ.
އެމެރިކާގެ މޫސުމާބެހޭ ޤައުމީ ހިދުމަތުން އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި 'ސަންޓާ އެނާ' ވައިގެ ބާރުމިން ކުރިއަށް ވުރެ ބާރުވާނެއެވެ.
އަލިފާން ރޯވި ޕަސަޑޭނާގެ ސެންޓާ މޮނިކާ އާއި މަލިބޫއާ ދޭތެރޭގެ ސަރަޙައްދު އެއްކޮށް އަޅިއަށްވެފައިވައި ވާއިރު މިއީ އާންމުކޮށްވެސް އަލިފާން ރޯވާ ކެލިފޯނިއާގެ ތާރީޚްގައިވެސް ހިނގި އެންމެ ގެއްލުންބޮޑު އަލިފާނުގެ ހާދިސާއެވެ. މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރުވެސް އަލިފާނުގެ އިޤްތިޞާދީ ގެއްލުން 135 ބިލިއަނާ 150 ބިލިއަނާ ދެމެދުގެ އެމެރިކާ ޑޮލަރަށް އަރާނެއެވެ.
ރިއެކްޝަންސް