މޫސުން ގޯސް, ކަނޑުތައް ގަދަ
މެދުރާއްޖެ ތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ
މިއަދުވެސް މޫސުން ގޯސް ކަމަށާއި, ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އޮތީ މިއަދުވެސް މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ގަޑިއަކު 25-30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެއެވެ. އަދި ވިލާގަނޑުގައ ވައިގެ ބާރުމިން ހުންނާނީ 50 މޭލަށް ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. އެއިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
މޫސުން ގޯސްވުމުން ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. މޫސުން ގޯސްވެ, ވިއްސާރައާއެކު ޢާއްމު ދިރިއުޅުމަށް އަސަރުކޮށް ގެއްލުންތައްވެސް ވަމުންދާތީ އެހީތެރިވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޗެއަރ ކުރައްވާ ޚާއްޞަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލައްވާފައެވެ. ސަރުކާރުން ބުނެފައިވަނީ މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތަކަށް އެހީތެރި ވުމަށް ކަމަށެވެ.
ރިއެކްޝަންސް