
ޤަރުނެއް ފަހުން މެންޗެސްޓަރ ޔުނައިޓަޑުން އޯލްޑް ޓްރެފޯޑް ދޫކޮށް 100,000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެއް އަޅަނީ
ޤަރުނަކަށް ވުރެ ގިނަދުވަސްވެފައިވާ މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ދޫކޮށް, ޖާގައިގެ ގޮތުން ބޮޑު ސްޓޭޑިއަމް އަކަށް ބަދަލުވާކަން ރަސްމީކޮށް އިއިލާންކުކޮށްފިއެވެ.
އަންގަރާ ދުވަހު ޔުނައިޓަޑް އިން އާންމު ކުރި ހުށަހެޅުމަށް ކުރީގެ ކޯޗު ސަރ އެލްކެސް ފާގަސަން ވެސް ވަނީ ތާއީދުކޮށްފައެވެ. ހުށަހެޅުމުގައި ވާގޮތުން 100,000 މީހުންގެ ޖާގައިގެ މި ބޮޑު ސްޓޭޑިއަމް ވެމްބްލީ އަށް ވުރެ ބޮޑުވެ, އިނގިރޭސި ވިލާތުގައި ހުންނަ އެންމެ ބޮޑު ސްޓޭޑިއަމްއަށް ވާނެއެވެ.
އޯލްޑް ޓްރެފޯޑްގެ ރީޖެނެރޭޝަން ޓާސްކްފޯސްގެ އަމާޒުތަކާ އެއްގޮތަށް ކުރިއަށްދާނަމަ އާ ސްޓޭޑިއަމް ހަދަން އަހަރަކަށްވުރެ ގިނަ ދުވަސްވާނެ ކަމަށް ލަފާކުރެވެއެވެ.
ޕްލޭންގައި އިތުރު އޮޕްޝަން އެއްގެ ގޮތުން މިހާރު ބޭނުންކުރަމުންދާ ސްޓޭޑިއަމް އަލުން ތަރައްޤީ ކުރުން އޮތްނަމަވެސް މެންޗެސްޓަރ ޔުނައިޓަޑްއިން ބޭނުންވީ އާ ސްޓޭޑިއަމެއް އަޅާށެވެ. އެހެންކަމުން އާ ސްޓޭޑިއަމް އަޅަމުންދާއިރުވެސް އޯލްޑް ޓެރެފޯޑްގައި މެޗުތައް ކުޅެވޭނެއެވެ.
"މިއީ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯލް ކްލަބްގެ ގޮތުގައި ވެގެންދިއުމަށް ކުރާ ދަތުރުގެ ވަރަށް ޙާއްސަ ފެށުމެއް. އަހަރެމެންގެ މިހާރުގެ ސްޓޭޑިއަމް ފާއިތުވި 115 އަހަރު އަހަރެމެންނަށް ފަހުރުވެރި ކަމާއެކު ހިދުމަތް ކޮށްދީފި" ޕޮރޮޕޯސަލް އާންމު ކުރުމަށް ބޭއްވި ހަފްލާގައި ކްލަބްގެ ކޯ-އޯނަރު ސަރ ޖިމް ރަޓްކްލިފޭ ބުންޏެވެ.
ޔުނައިޓަޑްގެ އާ ސްޓޭޑިއަމް އަޅާނީ މިހާރުވެސް ބޭނުންކުރާ އޯލްޑް ޓްރެފޯޑާއި އިންވެގެންނެވެ. އެއީ އޯލްޑް ޓެރެފޯޑްގެ ޤަދީމީ ތާރީޙް ގެއްލިގެން ނުދާނެ ގޮތަށެވެ.
76,000 މީހުން ޖާގައިގެ އޯލްޑް ޓްރެފޯޑްގެ ޖާގަ އެންމެފަހުން އިތުރުކުރީ 2006 ވަނަ އަހަރުއެވެ. ސްޓޭޑިއަމް އެންމެ ފުރަތަމަ ހުޅުވީ 1910 ގައެވެ.
ރިއެކްޝަންސް






