އެއްކޮށްލާނެ ކުންފުނިތަކާއި އުވައިލާނެ ކުންފުނިތައް ޕީސީބީން ކަނޑައަޅައިފި
ލ. ބަރެސްދޫ: މިރަށަކީ އެމްއައިޓީޑީސީ އިން ވަރަށް ބޮޑު ގެސްޓު ހައުސް ޕްރޮޖެކްޓެއް ހިންގަން އުޅުނު ރަށެއް.

އެއްކޮށްލާނެ ކުންފުނިތަކާއި އުވައިލާނެ ކުންފުނިތައް ޕީސީބީން ކަނޑައަޅައިފި

4 months ago - 21:50
Jul 2, 2024 - 21:53

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާނެ ކުންފުނިތަކާއި އެއްކޮށްލާނެ ކުންފުނިތައް ކަނޑައަޅާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފި އެވެ.

 ސަރުކާރު ހިއްސާވާ ކުންފުނިތައް،ރިފޯމް ކުރުމަށްޓަކައި ފެށި މަސައްކަތުގެ މައުލޫމާތު، ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީއަށް ދެއްވަމުން، ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔަމީން ވިދާޅުވީ، އެސްއޯއީ ތަކުގެ ތެރެއިން ފައިދާ ނުވާ ކުންފުނިތަކާއި އެއްކޮށްލާނެ ކުންފުނިތައް ދެނެގަނެވިފައިވާ ކަމަށާއި ގެއްލުންވާ ކުންފުނިތަކާ މެދު އަމަލު ކުރާނެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެކުލަވައިލާފައިވާނެ ކަމަށެވެ. އަދި އެމަޫލޫމާތު ކަމާ ގުޅޭ އިދާރާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ޔާމީން ވިދާޅުވީ، ގެއްލުންވާ  ކުންފުނިތަކާ މެދު އަމަލު ކުރާނެ ގޮތްތައް ދެނެގަނެފައިވާ އިރު، އެއްކޮށްލާނެ ކުންފުނިތަކާއި އުވައިލާނެ ކުންފުނިތައް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

އޭނާ ތަފްސީލް ދެއްވަމުން ވިދާޅުވީ، އެކުންފުނިތަކުގެ ލިސްޓެއް މިހާރު އެ ބޯޑުން ތައްޔާރުކޮށް، އެންޑޯޒްކޮށް، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިއްޔެ އެބައްދަލުވުމުގައި އެއީ ކޮންކޮން ކުންފުނިތަކެއްކަން  އޭނާ ހާމައެއް ނުކުރެ އެވެ.

 ޔަމީން އިތުރަށް ވިދާޅުވީ، ކުންފުނިތައް ހިންގުމާ ގުޅޭ މުހިއްމު އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ވެސް ޕީސީބީން ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އެ އިދާރާ އިން  އަންނަނީ ކުންފުނިތަކުގެ ޕާފޯމަންސް މޮނިޓަރިން ސިސްޓަމެއް ގާއިމް ކުރުމަށް ތައްޔާރު ވަމުން ކަމަށް ވެސް ވިދާޅުވި އެވެ.

ފައިދާ ނުވާ ކުންފުނިތަކާ މެދު ގޮތްތަކެއް ކަނޑައަޅާފައިވާ އިރު، މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، އެސްއޯއީތަކުގެ އެސެސްމެންޓް ނިންމައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ފަހު، ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އެސްއޯއީތައް ހިންގުމަށް ސަރުކަރުން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަން ޖެހިފައިވާ ކަމަށާއި ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow