ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ތުލުސްދޫ ދާއިރާ މެންބަރ އިބްރާހިމް ނަސީމް

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މަޖިލީހަށް ހުށަހަޅައިފި

2 months ago - 13:48
Jul 1, 2024 - 18:01

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަން ފަށައިފި އެވެ.

 ސަރުކާރުން ހުށަހެޅި މިބިލު، މަޖިލިހަށް މިއަދު ހުށަހެޅުއްވައި ދެއްވީ، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ފިސްކަލް ޒިންމާގެ ބިލުގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލު ކުރެވޭނެ ގޮތަށް، ދެފުށް ފެންނަ ޒިންމާދާރު ގޮތެއްގައިކަން ކަށަވަރު ކުރުމެވެ.

ބިލުގެ މަގްސަދުތަކުގެ ތެރޭގައި މައިގަނޑު ހަތަރު ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެއީ؛ ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާ ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާން ކުރުމާއި، ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ އިންޓަޖެނެރޭޝަނަލް އިކުއިޓީ ގާއިމް ކުރެވޭނެ ހަމައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމާއި، ދައުލަތުގެ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމާއި ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާނުހިނގާ ގޮތް ،ރައްޔިތުންގެ މަޖިލީހުން ބެލުމަށް މަގުފަހި ކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ނިޒާމު ހިންގުމާ ގުޅޭ ގޮތުން ހާސިލު ކުރެވޭ ނަތީޖާތައް ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމާއި ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމާ ބެހޭ އުސޫލުތައް ބަޔާން ކުރުމެވެ.

ދައުލަތުގެ ފިސްކަލް ޒިންމާއާ ގުޅޭ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު އިއްޔެ ދައުލަތު ވަނީ، ދައުލަތުގެ ދަރަންޏާ ގުޅޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ. 

ފުނަދޫ ދާއިރާގެ މެންބަރުލައްވާ ސަރުކާރު ހިންގާ ޕީއެންސީން ހުށަހެޅި، ސަރުކާރުގެ އެ ބިލުގެ ބޭނުމަކީ ދައުލަތުން ދަރަނި ނަގާ ބޭނުން ކުރަނީ ގައުމުގެ އިގްތިސާދަށާއި މުސްތަގްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކުރެވިގެން އަދި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމެވެ. 

ދަރަންޏާ ބެހޭ ބިލަށް އިއްޔެ ވެސް ބަހުސް ކުރި އެވެ. އަދި މިއަދު ވެސް އެ ބިލަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާގައި ހިމަނައިފަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow