މޫކޭ އެސް.އޯ.އީ ކޮމެޓީއަށް މިއަދު ހާޒިރު ކުރަނީ

މޫކޭ އެސް.އޯ.އީ ކޮމެޓީއަށް މިއަދު ހާޒިރު ކުރަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު އެސް.އޯ.އީ ކޮމެޓީއަށް ހާޒިރު ކުރަނީ އޭނާ އެމް.ޑީއަކަށް ހުންނެވިއިރު އެކުންފުނީގައި ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް

1 month ago - 11:01

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސް ކޮމެޓީއަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު މިއަދު ހާޒިރު ކުރަން ނިންމައިފިއެވެ.

އަމާޒް މީޑިއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމެޓީއަށް އާރް.ޑީ.ސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫކޭ ހާޒިރު ކުރުމަށް ނިންމާފައިވަނީ މިއަދު 12:30 ގައި އޮންނަ އެކޮމިޓީގެ ބައްދަލުވުމަށެވެ.

އަމާޒް މީޑިއާއާ ވާހަކަ ދައްކަވަމުން އެސް.އޯ.އީ ކޮމިޓީގެ މެންބަރު ވިދާޅުވީ މޫކޭ މިއަދު ހާޒިރު ކުރުމަށް ނިންމާފައިވަނީ ކުންފުނިތަކުގެ ކުރީގެ މެނޭޖްމެންޓްތަކުން ހިންގާފައިވާ ކޮރަޕްޝަންތަކާއި އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު އާރް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރަކަށް މޫސާ އަލިމަނިކު ހުންނަވައިގެން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެތައް މިލިއަން ރުފިޔާގެ ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަ އޭ.ސީ.ސީއާއި ފުލުހުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

އާރް.ޑީ.ސީގެ އިތުރުންވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަންގެ އެކި މައްސަލަތައް ފެންމަތިވެ އެކަންކަން ތަހްގީގު ކުރަމުން އަންނަކަން ގުޅުންހުރި މުއައްސަސާތަކުން ވަނީ ހާމަކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow