ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފި
ޑރ.ޝަހީމް ފަލަސްތީން އިސްލާމިކް މިނިސްޓަރާއެކު

ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފި

އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވުމަށްވެސް ދައުވަތު ދެއްވި

1 month ago - 11:07
Advertisement

ފަލަސްޠީނުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު މުޞްޠަފާ ނަޖުމު އަށް ރާއްޖެ ވަޑައިގެންނެވުމުގެ ދައުވަތު ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ދެއްވައިފި އެވެ.

އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިދައުވަތު ދެއްވީ ސައުދީއަރަބިއްޔާގައި ފަލަސްތީނުގެ މިނިސްޓަރާ ބައްދަލުވުމުނެނެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރ ރާއްޖެ ވަޑައިގެން އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް ވެސް ދަޢުވަތު އެރުވި ކަމަށެވެ.

"އިންޝާ ﷲ އެމަނިކުފާނު ރާއްޖެވަޑައިގަންނަވާނެ." ޝަހީމް ވިދާޅުވިއެވެ.

ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދެއްވާފައި މިވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމުން ދިވެހި ސަރުކާރުން ބަޔާން ނެރުން ލަސްކަމަށް ބުނެ ކޮންމެެވެސް ވަރެއްގެ ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އަދި އިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުން އިހުތިޔާރަށް ދޫކޮށްލުމުންވެސް ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement