މާރަންދޫ ބައި-އިލެކްޝަންވެސް ޕީއެންސީން ކާމިޔާބުކޮށްފި
ހއ.މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަންވެސް ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
އެމްޑީޕީ ފަހަތަށް ޖައްސާލުމަށްފަހު ބައި-އިލެކްޝަންތައްވެސް ކާމިޔާބުކުރަމުން އަންނަ ވެރިކަން ކުރާ ޕީއެންސީން މާރަންދޫ ކައުންސިލުން ހުސްވި ގޮނޑި ކާމިޔާބުކުރީ 35 ވޯޓްގެ ތަފާތުންނެވެ.
ކައުންސިލް މެމްބަރު ކަމަށް އިންތިޚާބުވީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި ޢަބްދުލްހަމީދު ޢަބްދުއް ސައްތާރެވެ. އޭނާ 285 ވޯޓް ހޯދިއެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ޝިހާމް މުޙައްމަދަށް ލިބުނީ 250 ވޯޓެވެ.
އިންތިޚާބުގެ ކެމްޕެއިނަށް ދެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް މާރަންދޫއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގެވިއެވެ.
މާރަންދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަމީޒު ޖުލައި މަހު ކުއްލި ގޮތަކަށް ނިޔާވުމުންނެވެ.
ރިއެކްޝަންސް