ރައީސް މުލިއާގެއަށް ދިރިއުޅުން ބަދަލުކުރައްވަނީ

ރައީސް މުލިއާގެއަށް ދިރިއުޅުން ބަދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާ ގެއަށް ވަރަށް އަވަހަށް ދިރުއުޅުން ބަދަލުކުރައްވާނެ ކަމަށް މިނިސްޓަރ އިބްރާހިމް ހަލީލް ވިދާޅުވެއްޖެ

7 months ago - 14:56
Feb 4, 2024 - 16:31
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާ ގެއަށް ވަރަށް އަވަހަށް ދިރުއުޅުން ބަދަލުކުރައްވާނެ ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް ވިދާޅުވީ ރައީސް މުލިއާގެއަށް ބަދަލުވެވަޑައިގަންނަވާ ވަކި ތާރީހެއް ވިދާޅުވާން ދަތި ކަމަށާއި އެހެން ނަމަވެސް ވީހާވެސް އަވަހަށް ރައީސް މުލިއާގެއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް މުލިއާގެއަށް ވަޑައިނުގަންނަވާ ދިމްޔާތުގައި މަޑުކުރެއްވީ މުލިއާގޭގެ އާބާތުރަ ފިލުވުމާއި ކުރަންޖެހޭ ބައެއް މަރާމާތުގެ މަސައްކަތްތައް ކުރުމަށް ކަމަށް ހަލީލް ވިދާޅުވިއެވެ.

އެހެންކަމުން އެމްއެންޑީއެފް އިން ކުރަންޖެހޭ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި ކަމަށް ހާލީލް ވިދާޅުވިއެވެ.

Advertisement

މުލިއާގެ މަރާމާތުކޮށް ނިމެންދެން ރައީސް މުއިއްޒުގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދަވާނީ އެމަނިކުފާނުގެ ގެކޮޅު މ. ދިމްޔާތުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement