ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން މާދަމާ

ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން މާދަމާ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް މާދަމާ ފަށައި، ރައީސުލްޖުމްހޫރިއްޔާގެ މިއަހަރުގެ ރިޔާސީ ބަޔާން މާދަމާ އިއްވަވާނެ

7 months ago - 15:12
Feb 4, 2024 - 16:37
Advertisement

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް މާދަމާ ފަށައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން މާދަމާ އިއްވަވާނެއެވެ.

ރިޔާސީ ބަޔާން އިއްވާނީ މާދަމާ ހެނދުނު 9:00 ގައެވެ.

ރިޔާސީ ބަޔާނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހިވަޑައިގަންނަވާ ބަޔާނެކެވެ.

މިއީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވާނެއެވެ.

Advertisement

ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް މަޖިލިސް ތައްޔާރުވެފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށްފަހު ދައުރުގެ ދެވަނަ ޖަލްސާވެސް މާދަމާއަށް ތާވަލުކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މެންދުރުފަހު 2:00 ގައެވެ. މި ޖަލްސާގައި އިންތިޚާބުތަކުގެ އާންމު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހާޅާފައިވާ ބިލަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އެހެން އަހަރުތަކުގައި ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅައިފައެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ދުވަސް ބަންދު ނުކުރުމަށް ނިންމަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement