ރޯދަ މަހުގެ ފަހު 10 ބަންދުކޮށް ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުއްދަވައިފި

ރޯދަ މަހުގެ ފަހު 10 ބަންދުކޮށް ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުއްދަވައިފި

ރައީސްގެ ރިޔާސީވައުދާ އެއްގޮތަށް، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވިނަމަވެސް، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ސަރުކާރު އިދާރާތަކުން ފޯރުކޮށްދެނެ

7 months ago - 20:10
Feb 4, 2024 - 23:21
Advertisement

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުކުރަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީގެ ވަޢުދުފުޅުގެ ދަށުންނެވެ.

މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި އެކަމާ ގުޅޭ ރަސްމީ ދެންނެވުން ރައީސް އޮފީހުން މިއަދު އާންމުކޮށްފިއެވެ.

ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ވިދާޅުވީ ރަމަޟާންމަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުކުރެއްވިނަމަވެސް ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، ކަނޑައަޅާ އުސޫލެއްގެ މަތިން ރައްޔިތުންނަށް ފޯރުކޮށްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އިދާރާތަކުން އަންގަވާފައިވާކަމަށެވެ.

ސަރުކާރުން ވިދާޅުވި ގޮތުގައި މިގޮތަށް ހަމަޖެއްސެވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީއެވެ..

Advertisement

ރައީސް އޮފީހުގެ ދެންނެވުމުގައި ވިދާޅުވީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދަވާ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ރައީސް އޮފީޙުން ބައްދަލުކޮށްފައިވާކަމަށެވެ.

ރަމަޟާންމަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވާ ދުވަސްތަކުގައި އިދާރާތަކުން ޚިދުމަތްތައް ދެއްވުމުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތައް ހަމަޖެއްސެވުމާއި ގުޅޭގޮތުން މަޝްވަރާކުކުރެއްވިކަމަށްވެސް ދެންނެވުމުގައިވެއެވެ.

މި މަޝްވަރާގައި ރޯދަމަހުގެ ފަހު ދިހައެއްގައި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު އެކި ވަސީލަތްތައް މެދުވެރިކުރައްވައި، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފުކޮށްދެއްވުމަށް އަންގަވާފައިވާކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައިވެއެވެ. އަދި އެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ޙިއްޞާކޮށްދެއްވުމަށްވެސް މި ބައްދަލުވުމުގައި އެދިވަޑައިގެންފައިވާކަމަށްވެސް އެ ދެންނެވުމުގައިވެއެވެ.

ރޯދަމަހުގެ ފަހު ދިހައެއް ބަންދުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، މިކަމުގެ އެންމެ ބޮޑު މަޤްޟަދަކީ ރާއްޖޭގައި އިސްލާމީ އުޞޫލުތައް ޤާއިމުކުރުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުޞަތު ދެއްވުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement