ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ހެޕިނަސް އިންޑެކްސް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

3 days ago - 21:12
Feb 2, 2025 - 21:12
Advertisement
Advertisement

ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ "ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވިދާޅުވީ އަތްމަތި ތިޔާގިކަމާއި، ދުޅަހެޔޮކަމާއި، ނަފުސާނީ ފުދުންތެރިކަން ފަދަ ހުރިހައި ކަމެއްގެ އިތުރަށް، ރޫޙާނީ ވެށި ނުވަތަ އީމާންތެރިކަން ހަރުދަނާ ކުރަން އަބަދުވެސް ވިސްނަން ޖެހޭ ކަމަށެވެ. އެއަށްފަހު ވިދާޅުވީ ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމަށެވެ.

ކޮންމެ އިންސާނަކާއެކުގައި ވެސް އުފާވެރިކަން ވާ ކަމަށާއި، އެ މީހަކަށް ހިތާމައެއް މެދުވެރިވިކަމުގައި ވީ ނަމަވެސް، އަލުން އުފާވެރި ހާލަތަށް ރުޖޫޢަވެވޭކަމާއި، އެއީ ޤުދުރަތުން އެކަން ލައްވާފައިވާ ގޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. 

އުފާވެރިކަމުގެ މައުޟޫޢަކީ ވަރަށް ޝައުޤުވެރި މައުޟޫޢެއް ކަން ފާހަގަކުރައްވާ ވިދާޅުވީ އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވާ ހިނދު، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އިރުޝާދު ދޭ ގޮތުގައި އިންސާނާގެ ހިތަށް ޙަޤީޤީ ހަމަޖެހުމަކާއި އުފާވެރިކަމެއް ލިއްބައިދެނީ ހަމައެކަނި މާތް ﷲ ހަނދުމަކުރުމުންކަމަށެވެ. އަދި ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުންކަން ހަނދާންކޮށްދެއްވިއެވެ. ރޫޙާނީ މުއްސަނދިކަމަށް ބަލާ ނަމަ، އިންސާނާއާ އޭނާ ހެއްދެވި ފަރާތާ ދެމެދު މަތިވެރި ގުޅުމެއް، އަދި އިންސާނާގެ އަޚްލާޤުގައި ކިޔަމަންތެރި އުޅުމެއް ހަރުލައިފައި ހުންނަން ޖެހޭކަންވެސް އެކަމަނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

Advertisement
Advertisement

"ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދިވެހިރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ލޯގޯ އިފްތިތާޙުކޮށްދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement