ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި
ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި

4 hours ago - 14:27
May 5, 2025 - 14:33
Advertisement
Advertisement

ދިވެހިރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ރަމްޒީގޮތުން ބިންގާ އަޅުއްވައިދެއްވީ،  މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީއެވެ.

"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު" ގެ ނަމުގައި ޤާއިމުކުރާ މި މަރުކަޒުގެ ބިންގާ އަޅާފައި ވަނީ ހުޅުމާލޭ ފޭސް 3 ގައެވެ. މިއީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަރުކަޒެއްކަމަށް މާލީކަންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ ވިދާޅުވީ، މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު މުޅިން ބަދަލުކޮށްލާ، ވަކިން ޚާއްސަކޮށް ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެއްކަމަށެވެ.

މާލީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވާފައިވާ ގޮތުގައި މި މަރުކަޒުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސް ސެންޓަރަކާއި، އޮފީސް ޓަވަރުތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކާއި، ހޮޓާތަކާއި، ރީޓެއިލް ވިޔަފާރިތަކާއި، ތަޢުލީމީ ވަސީލަތްތައް ހިމެނޭނެއެވެ. މި މަޝްރޫޢު 2030 ވަނަ އަހަރު ނިމުމަށް ހަމަޖެހިފައިވާއިރު، 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ފާހަގަކުރެވޭ ވަރަކަށް އިތުރުވާނެ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެއްވާފައި ވެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement