މިފްކޯއަށް މަސްކިރުވި 20 ދޯންޏަކަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިފްކޯއަށް މަސްކިރުވި 20 ދޯންޏަކަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

1 day ago - 14:44
Advertisement
Advertisement

މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް މަސްކިރުވި 20 ދޯންޏަކަށް ދެލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.


މިފްކޯއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހޮނިހިރު ދުވަހު މަސް ކިރުވި 20 ދޯންޏަކަށް ޖުމްލަ 278,380 ރުުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް ކިރުވި 18 ދޯންޏަކަށް ދޫކުރި 223,465 ރުފިޔާއާއި، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި ނުވަ ދޯންޏަކަށް ދޫކުރި 11,940 ރުފިޔާއެވެ. މީގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 11 ދޯންޏަކަށް 42,975 ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.


މިއަދުވެސް މިފްކޯގެ ހަތް ބަނދަރަކުން މަސް ގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ބަނދަރުތަކަކީ ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، ގދ. ފަރެސްމާތޮޑާ، ގދ. ގައްދޫ އަދި ޏ. ފުވައްމުލަކު ބަނދަރެވެ.


މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 18.50 ރުފިޔާއަށެވެ. އަދި 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.


މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން މިހާރު އަންނަނީ ރައީސްގެ މި ވައުދުފުޅާ އެއްގޮތަށް، މަސްވެރިން ބާނާ މަހަށް ލަސްނުކޮށް ފައިސާ ދޫކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement