
ޑަބްލިޔުޑީސީ މެމްބަރުންނަށް ރޯދަ އިނާޔަތްދޭ އިސްލާހު ހުށަހަޅައިފި
އަންހެނންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) މެމްބަރުންނަށް ރޯދަ އިނާޔަތްދިނުމަށް ޤާނޫނަށް ގެންނަ އިސްލާހުތައް މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ. ޑަބްލިޔުޑީސީ މެމްބަރުންނަށް ރޯދަ އިނާޔަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ.
ކުރިއަށް އޮތް ރޯދަމަހު އެއިނާޔަތް ދޭން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ރަށްތަކަށް ވަޑައިގެން ވައުދުވެވަޑައިގެންފައެވެ. އެވައުދު ފުއްދެވުމަށް ސަރުކާރުގެ ފަރާތުން ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ ޤާނޫނުން ހިންގުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައެވެ. ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރެވެ. އޭނާއަކީ ކުރިން މާލެ ސިޓީ ކައުންސިލްގެ މެމްބަރެކެވެ.
އިސްލާހުގައިވަނީ އެލްޖީއޭގެ ލަފާގެ މަތީން ޕޭ ކޮމިޝަންގައި ހިމަނައިގެން ޑަބްލިޔުޑީސީގެ މެމްބަރުންވެސް ހިމެނުމަށްފަހު އިނާޔަތް ދިނުމަށެވެ. ކައުންސލްތަކަށް ސަރުކާރުން ދޭ އެހީގެ ދަށުން ޑަބްލިޔުޑީސީތަކަށްވެސް އެހީ ލިބޭނެ އިސްލާހެއްވެސް ވަނީ ހިމަނުއްވާފައެވެ.
ރޯދައިނާޔަތުގެ ގޮތުގައި ދެނީ 3000 ރުފިޔާއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު މާރޗް 1 ވަަނ ދުވަހު ފެށޭ ރަމަޟާން މަހުގެ ކުރިން ފާސްކޮށް, އިނާޔަތް ދިނުމުގެ އިންތިޒާމް ހަމަޖައްސާނެއެވެ.
ރިއެކްޝަންސް






