
ހިޖުރަވެރިންގެ 50 ހަކަށްމީހުންގެ ބޮޑު ދެ ކަށްވަޅު ލީބިޔާއިން ފެނިއްޖެ
ލީބިޔާގެ އިރު ދެކުނު ހަނަފަސް ސަހަރާއަކުން ހިޖުރަވެހިންގެ 50 ހަކަށް މިހުންގެ މާސިންގާ ދެ ކަށްވަޅު ފެނިއްޖެއެވެ. ލީބިޔާގެ އިދާރާތަކުން އިރުދެކުނު ކުފްރާއިން ހޯދި ދެ ކަށްވަޅުގައި ވާކަމަށް ބެލެވެނީ އުތުރު އެފްރިކާގެ ގައުމުތަކުން ވިލާތުގެ ޤައުމުތަކުން އެތެރެވާން އުޅުނު ހިޖުރަވެރިންގެ ހަށިތަކެކެވެ.
ލީބިޔާގެ ސެކިއުރިޓީ ޑައިރެކްޓޮރޭޓްއިން އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ 19 ހަށިގަނޑާއެކު އެއް ކަށްވަޅު ފެނިފައިވަނީ ކުފްރާގެ ފާމަކުން ކަމުގައެވެ. ހަށިތަކުގެ ބައިތައް އޮޓޮޕްސީ ހެދުމަށް މިހާރު ވަނީ ގެންދެވިފައި ކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ.
ދެވަނަ މާސިންގާ ކައްވަޅުގައި މަދުވެގެން 30 މީހުންގެ ހަށިގަނޑު އޮތްކަމަށް ކުފްރާގެ ސެކިއުރިޓީ ޗެމްބަރުގެ އިސްވެރިޔާ މުޙައްމަދު އަލް-ފަދެއިލް އާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ. އަދި އެންމެ ފަހުން ހިޖުރަވެރިން ހިމެނޭ ހާދިސާ ތަކުގައި ސަލާމަތްވި މީހުންގެ ވާހަކަތަކަށް ބަލާއިރު މަދުވެގެން 70 މީހަކު އެސަރަޙައްދުގައި ވަޅުލާފައިވާނޭ ކަމަށް ބެލެވޭ ކަމުގައިވެސް އޭނާ ބުނެފައި ވެއެވެ.
އިރުމަތީ އަދި ދެކުނު ލީބިޔާގައި ހިޖުރަވެރިންނާއި ރެފިއުޖީންނަށް އެހީވާ ޗެރިޓީ ޖަމާއަތުގެ ފަރާތުން ވާހަކަދެއްކި އަލް-އަބްރީން ބުނެފައިވާ ގޮތުގައި ވަޅުލުމުގެ ކުރިން, އެ ކަށްވަޅުތަކުން ފެނިފައިވާ ބައެއް މީހުންގެ ބޮލަށް ބަޑިޖަހާ ވަނީ މަރާލާފައެވެ. އެކަން އެ ހަށިތަކުން ފެންނަށް ހުރި ކަމަށްވެސް އެނާ ވަނީ ބުނެފައެވެ.
އެފްރިކާ ބައްރުން ވިލާތުގެ ޤައުމުތަކަށް ހިމާޔަތް ހޯދުމަށް ހިޖުރަކުރާ ފަރާތްތަކުގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރާ ލީބިޔާއިން މީގެކުރިންވެސް ވަނީ މިފަދަ ބޮޑެތި ކައްވަޅުތައް ހޯދާފައެވެ. އެގޮތުން ފާއިތުވި އަހަރުވެސް ވެރިރަށް ޓްރިޕޮލީގެ ދެކުނުގައި އޮންނަ ޝުއޭރިފް އިންވަނީ 65 މީހެއްގެ ހަށިގަނޑު ހޯދާފައެވެ.
ފާއިތުވި ދިހަ ވަރަކަށް އަހަރު އެސަރަޙައްދުގައި ހަމަނުޖެހުންތައް ބޮޑުވެ ޗާޑް, ނައިޖަރ, ސޫދާން, މިޞްރު, އަލްޖީރިއާ އަދި ޓުނީޝިއާއިން ޔޫރަޕަށް ހިޖުރަކުން މަސައްކަތްކުރި އެތައްހާސް ބަޔަކުވަނީ އިންސާނީ ވަގުވިޔަފާރިކުރާ ފަރާތްތަކުގެ ޝިކާރައަކަށް ވެފައެވެ.
ރިއެކްޝަންސް






