ޣައްޒާގެ 'މަރުގެ ދަންތުރައެއްގައި' ފިތިބާރުވެގެން 21 މަރު
ޣައްޒާގެ އެހީބަހާ ސައިޓެއްކައިރީގައި ބަޔަކު ޒަހަމްވެފައި. ފޮޓޯ: އަލީ ޖާދުالله. ޣައްޒާ

ޣައްޒާގެ 'މަރުގެ ދަންތުރައެއްގައި' ފިތިބާރުވެގެން 21 މަރު

9 hours ago - 17:40
Jul 16, 2025 - 17:59

ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެހީ ބެހުމުގެ ނަމުގައި ހިންގާ 'މަރުގެ ދަންތުރައެއްގައި' ފިތިބާރުވެ, ނޭވާހާސްވެގެން 21 މީހަކު މަރުވެއްޖެއެވެ.

ޙާން ޔޫނުސްގައި ޖީއެޗްއެފްގެ އިން އެހީބެހުމުގެ ނަމުގައި ހިންގާ ސެންޓަރުގައި މީހުން ތޮތްޖެހި ފިތިގެން 21 މީހުން މަރުވިކަން ޢައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އޭގެތެރެއިން 15 މީހަކު މަރުވެފައިވަނީ ކަރުނަގޭސް ފަދަ އެއްޗެއްގެ ސަބަބުން ނޭވާހާސްވެގެން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެގައި ވެއެވެެ.

އިޒްރާއިލް އާއި އެމެރިކާއިން ދުނިޔޭގެ ފާޑުކިއުމުން ސަލާމަތްވުމަށް އުފެއްދި ޖީއެޗްއެފް ގެ އޮޕަރޭޝަންތައް މެއި 19ގައި ފެށިފަހުން އެހީ ބެހުމުގެ ނަމުގައި ހިންގާ ސެންޓަރުތައް ހިމެނޭ ސަރަހައްދުތަކަށް އިޒްރާއިލްއިން ދިން ހަމަލާތަކުގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އިންސާނީ ކަރާމާތް ގެއްލުވާލާ އެއްތަނަކަށް މަދު އަދަދެއްގެ ކާބޯތަކެތި ހޯދުމަށް ބައިމިލިއަނެއްހާ މީހުން ތޮތްޖައްސުވާ އެތަންތަނަށް ހަމަލާދީ ޣައްޒާގެ އާބާދީ މަދުކުރަމުން ދާއިރު އެހީ ބެހުމުގެ ނަމުގައި ޖީއެފްއެޗްއިން ހިންގާ ތަނަތަނަކީ މަރުގެ ދަންތުރަތަކެއް ކަމަށް އދ ން ވަނީ ބުނެފައެވެ.

Advertisement
Advertisement

ޖީއެޗްއެފްއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ފިިތިގެން މަރުވީ 19 މީހެއް ކަމަށާއި, އަނެއް ދެމީހުންނަނީ އެވަގުތު އެމީހުންގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މަރުވީ ދެމީހުންކަމަށެވެ އެއްވެސް ހެއްކެއް ދެއްކުމެއްނެތި އެކަން ހިނގީ މީހުންތަކުގެ ތެރޭގައި ހަމާސްގެ ބަޔަކު ކަމުގައި ކަމަށް ޖީއެފްއެޗްއިން ބުނެފައިވާކަމަށް އަލްޖަޒީރާއިން ބުނެފައި ވެއެވެ.

އަދި މީހުންތަކުގެ ތެރެއިން ހަތިޔާރު ފެނިފައިވާކަމަށާއި, އެތަނުން އެކަކު އެމެރިކާގެ އެހީބަހާ މިީހަކަށް ބަޑިން ބިރުދއްކާފައިވާކަމަށްވެސް ޖީއެފްއެޗްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މިއީ ފިތިބާރުވުމުގެ ހާދިސާއެއްގައި އެހީބަހާ ސައިޓްތަކުން މީހުން މަރުވި ފުރަތަމަ ފަހަރެވެ. ޢައްޒާ ސިޓީން ވާހަކަދެއްކި އަލްޖަޒީރާގެ ނޫސްވެރިޔާ ހަނީ މުހައްމަދު ބުނިގޮތުގައި މީހުންތައް ފިތުނީ ކަރުނަޖޭސް ޖެހުމުގެ ސަބަބުންނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow