
އެމެރިކާގެ އެންގުމަށް 'ފަލަޞްޠީން ޝަހީދުންގެ ފަންޑް' މަޙްމޫދު އައްބާސްގެ ސަރުކާރުން އުވާަލައިފި
އިޒްރާއިލްގެ ހަމަލާތަކުގައި ޝަހިދުވާ ނުވަތަ އިޒްރާއިލްއިން ޖަލަށްލާ މީހުންނަށް ޒަމާނުއްސުރެ ދެމުންއަންނަ ޙާއްސަ އިނާޔަތް މަހުމޫދު އައްބާސްގެ ސަރުކާރުން ހުއްޓާލައިފިއެވެ. އެކަން އިއުލާނުކޮށް ފަލަޞްޠީނިއަން އޮތޯރިޓީ (ޕީއޭ)އިން ހޯމަ ދުވަހު ނެރުނު ޤަރާރުގައި ބުނެފައިވަނީ އިނާޔަތް ދެމުންދިޔަ 'ފަލަޞްޠީނުގެ ޝަހީދުންގެ ފަންޑް' ހިމެނޭ ޤާނޫނީ މާއްދާތައް އުވާލާފައިވާ ކަމުގައެވެ.
މި އިނާޔަތް ދިނުން ހުއްޓުވުމަކީ އިޒްރާއިލް އާއި އެމެރިކާއިން ފަލަޞްޠީނުގެ ސަރުކާރު ހިންގާ ޕީއޭއަށް ވަރަށް ކުރިއްސުރެ ކުރަމުން އަންނަ ޑިމާންޑެކެވެ.
ޤަރާރުގައި ބުނެފައިވާގޮތުން އެފަދަ އާއިލާތަކަށްވެސް އާންމު ވެލްފެއަރ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. "މިކަން މިގޮތަށްކުރީ ހަމަހަމަކަމާއި އިންސާފު ޤާއިމްކުރުމަށް" ޤަރާރުގައި ބުނެފައިވެއެވެ. ނަމަވެސް އެލަވަންސް ދިނުން މިހިނދުން މިހިނދަށް ހުއްޓާލާނެކަމެއް ނުވަތަ އެހެންގޮތަށް ކުރިއަށް ދާނެކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.
ހަމާލާތަކުގައި ފުރާނަ ގެއްލޭ ފަރާތްތަކުގެ އާއިލާތަކަށް މިދަފަ އިނާޔަތްތައް ދިނުމުކީ އެހެން ޤައުމުތަކުގައިވެސް ކޮށްއުޅޭ ކަމެކެވެ. ނަމަވެސް 'ފަލަޞްޠީނުގެ ޝަހީދުންގެ ފަންޑު' އަކީ އިޒްރާއިލްއަށް ހަމަލޭ ފަރާތްތަކަށް ދޭ ހަދިޔާ އެއްގެގޮތުގައި އެމެރިކާއިން ބުނެ އެކަން ހުއްޓާލުމަށް ބާރުއަޅާތާ ވަނީ ގިނަދުވަސްތަކެއް ވެފައެވެ.
އައްބާސްގެ ސަރުކާރުގެ މި ނިންމުމާއެކު ޣައްޒާ ހިންގަމުންދާ ފަލަޞްޠީނުގެ މުޖާހިދުންގެ ޖަމާޢަތް 'ހަމާސް' އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެނިންމުން ވަގުތުން ވަގުތަށް ބަދަލުކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
"އަހަރެމެންޖެހޭ މި ބިމަށްޓާކައި ފުރާނަ ޤުރުބާންކުރާ ފަރާތްތަކާއި އިޒްރާއިލްގެ އަސީރުންނަށް ވާ ފަރާތްތަކުގެ އާއިލާތަކަށް ޝުކުރުއަދާކުރަން. އެއާއިލާތައް ބިކަކޮށްލެވިގެން ނުވާނެ" ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އައްބާސްގެ މި ނިންމުން އިއުލާންކޮށްފައިވަނީ ޣައްޒާގެ ހިންގުން ޕީއޭއަށް ހަވާލުކުރުމަށާއި ޣައްޒާ ހިންގުން އެންމެ އައުލާކަންބޮޑީ ޕީއޭއަށް ކަމަށް އެމީހުން ދައުވާކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރިއެކްޝަންސް






