އިންސާނިއްޔަތު ކަމުގެ މެސެޖާއެކު ދަތުރުކުރަމުންދާ 'ހަންޑަލާ' ފޮލޯކުރަންތަ އެބަ!
ހަންޑަލާގެ ފަޅުވެރިން. ފޮޓޯ:އެފްއެފްސީ

އިންސާނިއްޔަތު ކަމުގެ މެސެޖާއެކު ދަތުރުކުރަމުންދާ 'ހަންޑަލާ' ފޮލޯކުރަންތަ އެބަ!

10 hours ago - 15:24
Jul 26, 2025 - 15:25

ޣައްޒާގެ ރައްޔިތުން ހިމާޔަތްކުރުމުގައ ދައުލަތްތައް ފެއިލްވެ އިންސާނިއްޔަތު ކަމުގެ މެސެޖާއެކު ރަމްޒީ އިންސާނީ އެހީ ހިފައިގެން ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފްއެފްސީ) ގެ 'ހަންޑަލާ" ނަމަކަށް ކިޔާ ބޯޓް އެފްއެފްސީގެ 37 ވަނަ މިޝަންގައި ފުރިތާ މިއީ 8 ވަނަ ދުވަހެވެ.

މިމަހު 18 ވަނަ ދުވަހު އިޓަލީގެ ގެލިޕޯލީގެ ބަނދަރުން ފުރައިގެން 21 ފަޅުވެރިންނާއެކު ޣައްޒާއަށް ދަތުރުކުރަމުންދާ ބޯޓް މިހާރު އޮތީ މީގެ މަހެއްކުރިން އެ ކޯލިޝަންގެ 36 ވަނަ މިޝަންއާއެކު ދަތުރުކުރި މެޑްލީން އިޒްރާއިލްއިން ހައިޖެކް ކުރި ހިސާބާ 60 ވަރަކަށް ނޯޓިކަލް މޭލު ދުރުގައެވެ. 

 10 ގައުމަކުން 19 ވޮލަންޓިއަރުންނާއި އަލްޖަޒީރާގެ 2 ނޫސްވެރިއަކު ދަތުރުކުރަމުންދާ މި ބޯޓްގެ މަތިން ފާއިތިވު 24 ގަޑިއިރުގެ ތެރޭގައި އެންމެ 45 މިނިޓްތެރޭގައި 16 ޑްރޯން އުދުހިފައިވާކަމަށް ބޯޓްގައި ތިބި ފަރާތްތަކާ ހަވާލާދީ އެފްއެފްސީން ބުނެފައި ވެއެވެ. 

Advertisement
Advertisement

18 އަހަރުވަންދެން އިޒްރާއިލްއިން ޣައްޒާ އެއްގަމާއި ކަނޑުގެ މަގުން ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޣައްޒާ ބްލޮކޭޑް ނައްތާލުމުގެ މަޤްޞަދުގައި ކުރަމުންދާ މިދަތުރުގެ އަނެއް އަމާޒަކީ ޣައްޒާއާ އެކުގަައި ދުނިޔޭގެ އެތައްހާސް ބަޔަކު ތިބި ކަމަަށާއި އިންސާނިޔަތުކަން މަރުނުވާކަމުގެ އުއްމީދީ މެސެޖު ޣައްޒާގެ ރައްޔިތުންނަށް ދިނުމެވެ.

ބޯޓަށް ޣައްޒާއަށް ބަދަރު ނުކުރެވުނު ކަމުގައި ވިޔަސް މެޑިޓެރޭނިއަން ކަނޑުގައި ބޯޓުގެ ދިރުނބާކޮޅުން ކަފަމުންދާ ރާޅުތައް އެ މެސެޖާއެކު ޣައްޒާގެ ގޮނޑުދޮށްތަކަށް ހަމަގައިމުވެސް ބީއްސާލާނެއެވެ.

އަނެއްކަމަކީ ދުނިޔޭގެ ދައުލަތްތަކުގެ ވެރިންނަށް އެމީހުންގެ ބާރުގެ ބޭނުންކޮށްގެން ޣައްޒާއަށްޓަކައި މާނަވީ ނިންމުންތަކެއް ނިންމުމަށް ފިއްތުންތައް ކުރިމަތި ކުރުވުމެވެ. 

އިންސާނީ އެހީއަށް ޣައްޒާ ބަންދުކޮށްފައި އޮންނަތާ ފަސް މަހުން ޣައްޒާގައި އިންސާނުން ބަނޑަށް މަރުވަމުންދާ ދިއުން ހުއްޓުވުމަށް ސަރުކާރުތަކުން ނުކުޅެދިފައި އޮތަސް ދުނިޔެ އޮތީ ޣައްޒާގެ ރައްޔިތުން އެހާލަށް ދޫކޮށްލަށް ތައްޔާރަށް ނޫންކަން ބުނެދިނުމަށް ހަންޑަލާގައި ތިބި ކޮންމެ މީހަކު އެދަނީ ސާބިތުކޮށްދެމުންނެވެ.

ރޭ އިޒްރާއިލްގެ ދިފާއީ ވަޒިރު އިޒްރާއިލް ކާޓްޒް ވަނީ ހަންޑަލާ ޣައްޒާ އާ ހަަމައަށް އަޔަނުދޭނެކަމަށް ބުނެފައެވެ. އަދި އިޒްރާއިލްގެ އަމުރުތަކަށް ކިޔަމަން ނުވާނަމަ މެޑްލީންއިން ދަތުރުކުރި 12 ފަޅުވެރިންނާ މެދު ކަންކުރި ގޮތަށް ކަންކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. 

ހަންޑަލާއިން ދަތުރު ކުރަމުންދާ 21 ފަޅުވެރިން މީގެ ދެ ދުވަސް ކުރިންފެށިގެން މިހާރުވެސް ތިބީ ބަނޑަށް މަރުވަމުންދާ ޣައްޒާގެ ރައްޔިތުންނާ އެށްކޮށް ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން  ބަނޑުހައި ހޫނުކަމުހެ ހަޅުތާލުގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow