އިއްތިފާގުން އެކްސްކޯއަށް ރުހުންދީ, އެފްއޭއެމްގެ ރައީސް ކަމަށް ތާރިގު އިންތިޚާބުކޮށްފި
ޓޮމްއާއި އޭނާގެ އެކްސްކޯ

އިއްތިފާގުން އެކްސްކޯއަށް ރުހުންދީ, އެފްއޭއެމްގެ ރައީސް ކަމަށް ތާރިގު އިންތިޚާބުކޮށްފި

9 hours ago - 18:04
Jul 26, 2025 - 18:04

އިއްތިފާގުން އެކްސްކޯއަށް ރުހުންދީ, އެފްއޭއެމްގެ ރައީސް ކަމަށް އަހުމަދު ތާރިގު (ޓޮމް) އިންތިޚާބުކޮށްފިއެވެ. މިއަދު އޮތް އެފްއޭއެމްގެ އިންތިޚާބަށް ހުށަހެޅިފައި އޮތީވެސް ތާރިގު އާއި އޭނާގެ އެކްސްކޯ އެކަންޏެވެ. މުއްދަތު ހަމަވިއިރު ކުރިމަތިލެއްވީ ގައުމީ ޓީމްގެ ކުރީގެ ފޯވާޑް ޓޮމް އެކަންޏެވެ.

ޓޮމް ކުރިމަތިލެއްވީ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާއެކު ކަމަށްވާތީ ދެވަނަ ކެންޑިޑޭޓަކަށް ކުރިމަތިލުމުގެ ފުރުޞަތެއްވެސް ނެތެވެ. މިއަދު އޮތް އިންތިޚާބުގައި 32 މެންބަރުންގެ އިއްތިފާގުން ވަނީ ރުހުން ދީފައެވެ. އިންތިޚާބު ކުރިއަށް ގެންދިޔައީ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ޓޮމްގެ އެކްސްކޯގައި ދެން ހިމެނެނީ ސީނިއަރ ނައިބުރައީސްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ހެންވެއިރު ހެންވެއިރު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކައްޕި) އާއި މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލު (މުޖޭ) އެވެ. މީގެތެރެއިން ކައްޕިއަކީ ނިއުރޭޑިއަންޓްގެ ސީނިއަރ ނާއިބު ރައީސްއެވެ. މުޖޭއަކީ އެކްލަބްގެ ނައިބުރައީސްއެވެ.

އެކްސްކޯގައި ދެން ހިމެނެނީ ޓީސީގެ ޗެއަރމަން އަހުމަދު އައްބާސް އާއި ބީޖީގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯރޓްސް ކްލަބްގެ އަބްދުالله ނާސިހުގެ އިތުރުން އިމްރާނާއެކު ގައުމީ ޓީމަށް ކުޅުނު ކީޕަރު އިމްރާން މުޙައްމަދާއި މިޑްފީލްޑަރ މުޙައްމައު އުމެއިރު އެވެ. އަދި އަންހެން މެންބަރުންގެ ގޮތުގައި ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާ އެވެ.

Advertisement
Advertisement

ޓޮމް ވަނީ މީގެކުރިން 2016 ވަނަ އަހަރުވެސް އެފްއޭއެމްގެ ރައީސްކަމަށް އިންތިޚާބުވެފައެވެ. ނަމަވެސް އޭނާއަށް މަގާމް ގެއްލުނީ އެންމެ ހަތަރު މަސްތެރޭގައި އޭނާގެ އެކްސްކޯގެ މެޖޯރިޓީ އިސްތިއުފާ ދިނުމުންނެވެ. އޭގެފަހުން އެފްއޭއެމްގެ ރައީސްކަމުގައި ހުންނެވީ ތާރިގުގެ ޖެނެރަލް ސެކެޓްރީ އަދި މިހާރު އިތުބާރު ގެއްލިފައިވާ ބައްސާމް އަދީލް ޖަލީލް އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow