އެންމެ ފަހުން ސަލާޙް ލިވަޕޫލްގައި މަޑުކޮށްފި
މުޙައްމަދު ޞަލާޙް. ފޮޓޯ:ލިވަޕޫލް

އެންމެ ފަހުން ސަލާޙް ލިވަޕޫލްގައި މަޑުކޮށްފި

2027 ގެ ނިޔަލަށް ސަލާޙް ލިވަޕޫލްގައި މަޑުކުރާނެ

2 days ago - 15:11
Apr 11, 2025 - 15:20

ލިވަޕޫލްގެ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ކުރިއަށް އޮތް ދެ އަހަރަށް އާކޮށްފިކަން ކްލަބުން ހާމަކޮށްފިއެވެ.

ކުރިއަށް އޮތް ހޫނު މޫސުމުގައި ކުރިންހަދާފައިވާ އެއްބަސްވުން ހަމަވާން ކަރިވެފައިވާއިރު އެއްބަސްވުން އާ ނުކުރެވި މަޝްވަރާތައް ދިގުލައިގެން ދިއުމަށްފަހު ލިވަޕޫލްއިން ސަލާހްއާ އެކު އެއްބަސްވުމަށް އާދެވި ސޮއިކޮށްފައިވާކަން ކްލަބުން އިއުލާން ކޮށްފައިވަނީ މިއަދު އެވެ. އެއްބަސްވުން އާކޮށްފައިވަނީ 2027 ގެ ނިޔަލަށެވެ.

ލިވަޕޫލްގެ ކޯޗު އާނެ ސްލޮޓްވެސް ބުނެފައިވަނީ ސަލާޙްގެ އެއްބަސްވުން އާކުރެވުނީ ވަރަށް މަސައްކަތުން ކަމަށާއި, ނަމަވެސް މަޝްވަރާތައް ކުރިއަށްދިޔައިރުވެސް ސަލާޙް މަޑުކުރާނެކަމުގެ ޔަޤީންކަން އޭނާއަށް އޮތްކަމުގައެވެ.

ސަލާހްގެ އެއްބަސްވުމާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވި ކްލަބްގެ ސްޕޯޓިން ޑައިރެކްޓަރު ރިޗާޑް އާއި ސަލާޙްގެ އެޖެންޓް ރަމީ އައްބާސް އާ ދެމެދު ގާތްގަނޑަކަށް ހަތް މަސްދުވަހަށް ދެމިގެންދިޔަ މަޝްވަރާތަކެއް ކުރިއަށް ދިޔަކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

Advertisement
Advertisement

"އަހަރެން މިހުރީ ވަރަށް އުފަލުން. އޭނާ ކްލަބުގައި އެތައް ދުވަހެއް އަހަރެމެންނާއެކު ހޭދަކޮށްފި. އޭނާއަކީ މި ކްލަބަށް ކިހާވަރެއްގެ ތަރިކައެއްކަށް އޭނާ ސާބިތުކޮށްދީފި. ކްލަބާއެކު އިތުރު ދެ އަހަރު މަޑުކުރަން އޭނާ ނިންމުމުން އަހަރެން ހަޤީގަތުގައިވެސް ވަރަށް އުފާވި. މި ސީޒަނުގައިވެސް އޭނާއަކީ އަހަރެމެންނަށް އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަން އޭނާ ދައްކުވައިދީފި" ސަލާޙްގެ އެއްބަސްވުން އާކުރުމުން ހިތްހަމަޖެހިފައި ހުރި ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފައި ވެއެވެ.

ލިވަޕޫލްގައި ސަލާޙް ކުޅެދިން 494 މެޗުގައި އޭނާވަނީ 243 ގޯލް ކާމިޔާބުކޮށް, އިތުރު 109 ގޯލް ޖެހުމުގައި އެހީތެރިވެފައެވެ.

"އަހަރެން މިޔާ 8 އަހަރު ހޭދަކޮށްފިން. އުއްމިދުކުރަނީ 10 އަހަރު ހަމަކުރެވޭނެ ކަމަށް. އަހަންނަށް މި މާހައުލު ވަރަށް ކަމުދޭ. މިތާގައި އަހަރެންގެ ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ. އަހަރެންގެ ކެރިއަރުގެ އެންމެ ރަނަގަޅު އަހަރުތައް މި ހޭދަކުރީ މިތާގައި. އަހަރެން ވަރަށް އެގްޒައިޓް ވެފަ މިހުރީ. މިހާރު މިއޮތީ ވަރަށް ރަނގަޅު ޓީމެއް" އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މީޑިއާ ތަކަށް 32 އަހަރުގެ ސަލާޙް ބުނެފައި ވެއެވެ.

މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް ލިވަޕޫލަށް އޭނާ 32 ގޯލް ވަނީ ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރެއިން 27 ގޯލް ކާމިޔާބުކުރީ ޕްރިމިއަރ ލީގުގައެއެވެ. ލީގުގައި ލިވަޕޫލް އޮތީ 11 ސާފު އެގާރަ ޕޮއިންޓާ އެކު ތާވަލްގެ އެންމެ ކުރީގައެވެ.

2017 ވަނަ އަހރު ރޯމާއިން ލިވަޕޫލަށް ބަދަލުވި ސަލާޙް އެޓީމާއެކު ވަނީ އެތައް ކާމިޔާބީއެއް ހާސިލްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow