
ހުޅުމާލޭ ކެފޭއަކުން ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ފުހުންގެ ޚިދުމަތުން ބަލައި ފާސްކުރުމަށްފަހު ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 29 އަހަރުގެ އެމްޑީ ރާޖް ރައްޒާކް އާއި 25 އަހަރުގެ މުހައްމަދު ތަރީގުލް ކަމަށެވެ.
ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގައި ހުރި ޓޭކްއަވޭ ތަނެއް ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިއަކާއި، ނެނޯ ސްޓިކް އަދި ކާޓްރިޖް ފެނިފައިވާ ކަމަށެވެ. މި އޮޕަރޭޝަނަކީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅިވުއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އެ އިދާރާއިން އިތުރަށް ތަޙުޤީޤުކުރަމުން ގެންދާކަމަށެވެ.
ރިއެކްޝަންސް






