ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ
ޓެމޫއަކީ ދާދިފަހުން ރާއްޖޭގައި މަޝްހޫރުވާން ފެށި އޮންލައިން ވިޔަފާރިއެއް

ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

1 year ago - 19:29
Apr 11, 2025 - 19:32
Advertisement
Advertisement

އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ސްކޭމްތަކުގައި ހިމެނެނީ ސައްހަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، ޕޭމަންޓް މަޢުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށެވެ. މިފަދަ ސްކޭމްތަކުގައި އާންމުކޮށް ބޭނުންކުރަނީ ޓެމޫ ނުވަތަ ކޫރިއަރ ސަރވިސްތަކުގެ ނަމުގައި މެސެޖް ފޮނުވައި، ޒާތީ އަދި މާލީ މަޢުލޫމާތު ހޯދުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް، ނޭނގޭ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުމަށާއި، ޝައްކުވާ ލިންކްތަކަށް ނުދިއުމަށާއި، ވަރުގަދަ ޕާސްވޯޑަކާއި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމަށް ފުލުހުން އިލްތިމާސް ކުރެއްވިއެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުމަށާއި، ބޭންކަށް އަދި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށާއި، އަދި އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމަށް، ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމަށާއި، ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުމަށްވެސް ފުލުހުން  އިލްތިމާސްކުރެއްވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement