ތަރައްޤީގެ މަޝްރޫޢުތައް ހިންގަން އަބަދުވެސް ޖެހެނީ ކޮންމެސްތާކުން ލޯނެއް ހޯދަން- މިނިސްޓަރ މުއްޠަލިބު
މިނިސްޓަރ މުއްޠަލިބު ފިޔޯރީގައި ވާހަކަދައްކަވަނީ: ފޮޓޯ-ފިޔޯރީ ކައުންސިލް

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން އަބަދުވެސް ޖެހެނީ ކޮންމެސްތާކުން ލޯނެއް ހޯދަން- މިނިސްޓަރ މުއްޠަލިބު

ލިބޭ އާމްދަނީން ރިކަރަންޓް ޚަރަދުވެސް ނުކުރެވޭ

1 day ago - 10:06
Apr 12, 2025 - 10:06
Advertisement
Advertisement

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން އަބަދުވެސް ޖެހެނީ ކޮންމެސްތާކުން ލޯނެއް ހޯދަން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ގދ.ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށަން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީއަކުން ރިކަރަންޓް ޚަރަދަށްވެސް ނުފުދޭ ކަމަށެވެ. ރާއްޖެއަށް ލިބޭ އާމްދަނީ އަކީ 35-40 ބިލިއަނާ ދެމެދުގެ އަދަދެއް ނަމަވެސް މުސާރައާއި, އޮފީސްތައް ހިންގުމާއި, ސަބްސިޑީއާއި, ތައުލީމާއި, ޞިއްޙީ ޚިދުމަތް ދިނުންފަދަ ކަންކަމަށް އެކަނިވެސް 40 ބިލިއަނެއްހާ ރުފިޔާ ޚަރަދު ވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން މަޝްރޫޢުތައް ހިންގަން ސަރުކާރުން ޖެހެނީ އަބަދުވެސް ކޮންމެސް ތާކުން ލޯނެއް ނަގަން ކަމަށް މިނިސްޓަރ މުއްޠަލިބު ވިދާޅުވިއެވެ. އެއީ ރާއްޖޭގެ އެތެރޭން ބޮންޑް ވިއްކައިން ނުވަތަ ބޭރުން ކަމުގައި ވީނަމަވެސް ލޯނެއް ނުހޯދާ ތަރައްޤީގެ މަޝްރޫއެއް ނުހިންގޭކަމަށް ވިދާޅުވިއެވެ.

" އެހެންވީމަ ހަގީގަތުގައި ހުރިހާ ރަށެއްގައި އެތައްބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގުމަކީ އަޅުގަނޑުމެންފަދަ ގައުމަކަށް ވަރަށްބޮޑު ޗެލެންޖަކަށް ވެފައި އޮތްކަމެއް. ޚާއްޞަކޮށް ދުނިޔޭގެ މަޝްރަހަށް މިއަންނަ ބަދަލުތަކާ އެމެރިކާއާ ޗައިނާއާ ގައުމުތަކުގެ މެދުގައި މިއުފެދޭ ހިޔާލުތަފާތުވުންތަކުގެ އަސަރު އަޅުގަނޑުމެންނަށް ކުރޭ. އެއަންނަ ކޮންމެ ބަދަލަކާ އެއްކޮށް އަޅުގަނޑުމެންނަށް ލޯނު ލިބުމަށް ދަތިތަކެއް ކުރިމަތިވޭ. އެކަންތައް ރައްޔިތުން ގަބޫލުކުރުމަކީ އަޅުގަނޑު ވަރަށްބޮޑަށް އެދޭކަމެއް."

Advertisement
Advertisement

ވަޒީރު ވިދާޅުވީ މަޝްރޫއެއް ހިންގަން ބޭނުންވިޔަސް ކަންކަން އޮންނަނީ ހަމަ ގޮސް ލޯނުނަގައިގެން ކުރެވޭ ކަހަލަ ގޮތަކަށް ނޫން ކަމަށެވެ. އެތެރޭން އެވަރަށް ލޯނު ނުލިބޭ ކަމަށާއި, އެހެންކަމުން ސަރުކާރުން މަޝްރޫއުތައް ހިންގަން ޖެހެނީ ދުރާލާ ވިސްނާ ޕްލޭންކޮށްގެން ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރާ ގިނަ މަސައްކަތްތަކަކީ ރައްޔިތުންނަށް ފެންނަ މަސައްކަތްތަކެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement