
ލ.އަތޮޅުގައި ސައިކަލް އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ލ.އަތޮޅުގައި ސައިކަލް އެކްސިޑެންޓެއްވެ, ޒުވާނަކު މަރުވެއްޖެއެވެ. ރޭ ދަންވަރު ހިނގި އެކްސިޑެންޓްގައި މަރުވީ މާބައިދޫ ސޫރަޖް ވިލާ އިބްރާހީމް ނައުޒަމް (30އ) އެވެ.
މިއެކްސިޑެންޓް ހިނގީ ރޭ ދަންވަރު މާންދޫ ބެންޑް ސަރަހައްދުން ސައިކަލް ކޮންޓްރޯލްނުވެ, އެކްސިޑެންޓް ވެގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ނައުޒަމް ނިޔާވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯރޓް ފުލުހުންނަށް ލިބުނީ ދަންވަރު 1:40 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއިދާރާއިން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






