އިންޑިއާ ސިފައިންނަށް ފޭބުމަށް މުހުލަތެއް ދެއްވައިފި
ފޮޓޯ: ސޯޝަލް މީޑިއާ

އިންޑިއާ ސިފައިންނަށް ފޭބުމަށް މުހުލަތެއް ދެއްވައިފި

އިންޑިއާ ސިފައިންނަށް ފޭބުމަށް މުހުލަތެއް ދެއްވައިފި

8 months ago - 15:57
Jan 14, 2024 - 22:29
Advertisement

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗްމަހުގެ 15ވަނަ ދުވަހުގެ ކުރިން މިރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން އަންގަވައިފިއެވެ.

ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ މިއަދު ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމުންތަކާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުންނެވެ.

ނާޡިމް ވިދާޅުވީ ރާއްޖޭގައިތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭ، އެންމެފަހުގެ މަޢުލޫމާތު ކެބިނެޓާ ޙިއްސާކުރައްވާފައިވާކަމަށެވެ.

އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންވި ފުރަމަތަ ދުވަހުންފެށިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތއް ފަށްޓަވައިގެން ކުރައްވަމުން އަންނަކަން ނާޒިމް ފާހަގަކުރެއްވިއެވެ

Advertisement

އިންޑިއާ ސިފައިން 15މާޗްގެ ކުރިން ބާލައި ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް އަންގަވާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ކަރުދާހުގައެވެ.

މިބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓު ސެކްރެޓަރީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސްބައެއް ބޭފުޅުން ބައިވެރިވެއެވެ. ރާއްޖޭގެފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސް އޮފީހުގެ އިސްބޭފުޅުންނާއި ޚާރިޖީ ވުޒާރާގެ އިސްވެރިންނެވެ.

ދެޤައުމުގެ ދެމެދުގައި މިމައްސަލާގައި މިހާތަނަށް 12 ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement