މީޑިޔާ ބިލް ދިރާސާކުރަން ވަގުތުދޭން ބިލްގެ ބަހުސް މެދުކަނޑާލައިފި
މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

މީޑިޔާ ބިލް ދިރާސާކުރަން ވަގުތުދޭން ބިލްގެ ބަހުސް މެދުކަނޑާލައިފި

މިދައުރުގެ ޖަލްސާތައްވެސް ނިމުނުކަން އިއުލާނުކުރެެއްވި

3 hours ago - 10:25
Aug 19, 2025 - 10:25
Advertisement
Advertisement

މީޑިޔާ ތަކުގެ ކަންބޮޑުވުން އޮތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލް ދިރާސާކުރަން ވަގުތު ދިނުމުގެ ގޮތުން ބިލްގެ ބަހުސް މެދުކަނޑާލައިފިއެވެ.

ބައެއް މެންބަރުން ބިލަށް ބަހުސް ކުރެއްވި ފަހުން މަޖިލިހުގެ ރިޔާސަތުން އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ބިލަށް ހުރިހާ މެންބަރުންވެސް ވާހަކަފުޅު ދައްކަވަން ބޭނުންވާހަކަ ފާހަގަކުރެއްވޭ ކަމަށާއި, ބިލް ރަނގަޅަށް ދިރާސާ ކުރަން ވަގުތު ދޭން ޖެހޭކަމަސް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެވަގުތު ދެއްވުމުގެ ގޮތުން ބިލްގެ ބަހުސް މެދުކަނޑާލައްވާކަން އިއުލާން ކުރެއްވުމަށްފަހު މިއަދުރަށްވެސް މަޖިލިހުގެ ޖަލްސާތައް ނިންމަވާލެއްވިއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލް ޙަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލް ދިރާސާކުރެއްވުމަށް ވަގުތުދޭން ބަހުސް މެދުކަނޑާލެއްވި އިރު އެމްޑީޕީން ތިން މެމްބަރުން އަދި ޕީއެންސީން ހަތަރު މެމްބަރަކު ވަނީ ވާހަކަ ދައްކަވާފައެވެ. ޕީއެންސީ މެމްބަރުން ބިލަށް ތާއީދުކުރެއްވި ނަމަވެސް އެމްޑީޕީ މެމްބަރުން ދެކޮޅެވެ.

ފުރަތަމަ ވާހަކަ ދެއްކެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނި ބަހުސްގައިވެސް އެބިލް ދިރާސާކުރުމަށާއި ކިޔާލުމަށްވެސް ވަގުތު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ.

Advertisement
Advertisement

ބިލްގެ ބަހުސް މެދުކަނޑާލެއްވިއިރު ބައެއް ނޫސްވެރިން ގެންދެވީ މަޖިލިހުގެ ގެލެރީގައި ހިމޭން އިހުތިޖާޖެއް ކުރައްވަމުންނެވެ. އަދި މަޖިލިހުގެ ބޭރުގައިވެސް އިހުތިޖާޖު ކުރިއެވެ.

ބިލް ހުށަހެޅުއްވުގެ ގޮތުން މެންބަރު ވިދާޅުވީ މިއީ ނޫސްވެރިކަމަށް އިތުބާރު ހޯދައިދޭ ބިލެއް ކަމަށެވެ. އެކަމަށް ނޫސްވެރިންނާއި މީޑިޔާ ކައުންސިލާއި މޯލްޑިވްސް މީޑިޔާ ކައުންސިލުންވެސް ވަނީ ބިލާމެދު ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ އަނބުރާ ގެންދަން ގޮވާލައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement