
ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިޢުލާނުގައި ވާގޮތުން، މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 19 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 13:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި މިވަނީ، ސިވިލް ސާވީސް ކޮމިޝަނުގެ ނައިބް ރައީސްގެ މަގާމުން އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ފަށާފައިވަނިކޮށް އިއްޔެއެވެ.
ރިއެކްޝަންސް






