މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

2 months ago - 09:34
Advertisement
Advertisement

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.

 

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ، ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ.

 

2026 ފެބްރުއަރީ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް ޢަލީ  ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަމަށް 2026 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައެވެ.

މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

 

އިބްރާހީމް އިމްތިޔާޒް ޢަލީ އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement