ޑެޕިއުޓީ މޭޔަރު ނަރީޝް ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި
ޑެޕިއުޓީ މޭޔަރު ކަމުން އިސްތިއުފާދެއްވި ނަރީޝް: ފޮޓޯ-މާލެ ސިޓީ ކައުންސިލް

ޑެޕިއުޓީ މޭޔަރު ނަރީޝް ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި

އިސްތިއުފާދެއްވީ އެހެން މަގާމަކަށް ވަޑައިގެންނެވުމަށް

6 hours ago - 13:28
Mar 12, 2025 - 13:28
Advertisement
Advertisement

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ. މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު, ޑެޕިއުޓީ މޭޔަރުކަމާއި, ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދެއްވީ އެހެން ހައިސިއްޔަތަކުން ޚިދުމަތްކުރަން ފުރުޞަތު ލިބިވަޑައިގަތުމުންކަމަށް އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އިސްތިއުފާދެއްވުމަށްފަހު ވަޑައިގަންނަވަނީ ކޮން ދާއިރާއަކަށް ކަމެއް ސިޓީގައި ފާހަގަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މާފަންނު މެދު ދާއިރާގެ ރައްޔިތުން އޭނާ އިންތިޚާބުކޮށްދެއްވާ ބެހެއްޓެވި ގާތްކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ވާދަވެރިކަން ބޮޑުވެފައި އޮތް އިންތިޚާބެއްގައި ޑެޕިއުޓީ މޭޔަރުކަމަށް އިންތިޚާބުކޮށްދެއްވީތީ ކައުންސިލް މެމްބަރުންނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕުން ކޮށްދެއްވި މަސައްކަތްވެސް ވަނީ ފާހަގަކުރައްވާފައެވެ. ނަރީޝް ވިދާޅުވީ ޑެޕިއުޓީ މޭޔަރުކަމުގައި ހޭދަކުރެއްވި މުއްދަތަކީ ވަޒީފާއާއި މަސައްކަތުގެ ދާއިރާގައި ހޭދަކުރެއްވި އެންމެ އުފާވެރި ދުވަސްކޮޅު ކަމަށެވެ.

" އަދި މިއީ އެކި ދާއިރާތަކުން, ތަފާތު ތަޖުރިބާތަކެއް ކުރެވި, އަޅުގަނޑުގެ ޝަހުސިއްޔަތު ބައްޓަންކުރަން ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައިވެސް އަޅުގަނޑު ދެކެމެވެ." އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ނަރީޝް ޑެޕިއުޓީ މޭޔަރަކަށް އިންތިޚާބުވެވަޑައިގެންވިއިރު މޭޔަރަކަށް އިންތިޚާބުވެވަޑައިގެންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ނަން ނަރީޝް ވަނީ ފާހަގަކުރައްވާފައެވެ. ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ސިފަވަނީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށް ޓަކައި, ސިޔާސީ ފިކުރު ތަފާތު މީހުންނާއެކުވެސް ގުޅިގެން މަސައްކަތްކުރުމުގެ ކޮލިޓީ ހުންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަމަލުފުޅުން އެކަން ސާބިތުކޮށްދެއްވި ކަމަށް ވިދާޅުވެފައިވެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement