
ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ހައްޔަރުކުރި ނޭޕާލް މީހާގެ ބަންދަށް 7 ދުވަސް
ރޭ ހުޅުމާލެ ކެފޭއެއްގައި ދެބިދޭސީއެއްގެ މެދުގައި ހިނގި މާރީމާރީއަކާ ގުޅިގެން ހައްޔަރުކުރި ނޭޕާލް މީހާގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހައިފިއެވެ.
މިމާރާމާރީ ހިނގީ ނޭޕާލް މީހަކާއި ބަނގްލަދޭޝް މީހަކާ ދެމެދުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެމީހުންނަކީވެސް ފިރިހެނުންނެވެ. ހުޅުމާލެ ފޭސް ދޭއްގެ ކެފޭއެއްގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ ނޭޕާލް މީހާއެވެ. މާރާމާރީގައި އަނިޔާލިބުނީ ބަނގްލަދޭޝް މީހާއަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.
މައްސަލަ ފުލުހުންނަށް ރިޕޯރޓް ކުރީ ރޭ 10:08 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. ބިދޭސީންގެ މެދުގައި ހިނގާ މާރާމާރީތައް ދަނީ އިތުރުވަމުންނެވެ.
ރިއެކްޝަންސް






