މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި މާލެއިން ބިދޭސީ 9 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި މާލެއިން ބިދޭސީ 9 މީހަކު ހައްޔަރުކޮށްފި

20 hours ago - 14:46
Advertisement
Advertisement

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލޭގެ ގެސްޓުހައުސްއަކުން ބަންގްލަދޭޝްގެ 9 ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.


ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މި ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަލައިފާސްކުރުމަށް ފަހުގައެވެ. އަދި އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 9 މީހުންނެވެ. އެއީ:

ތޯހިދުލް އިސްލާމް (35އ)
މޮނީރް ބެޕާރީ (37އ)
ޖަކިރް މުންޝި (46އ)
އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ)
އެމް.ޑީ އުސްމާން (23އ)
މޮހައްމަދު ބަބްލޫ އަލީ (34އ)
އެމް.ޑީ ރައިހާން (32އ)
އަފްރަނުލް ހޮގް އާޝިކު (34އ)
މުޙައްމަދު ރަކިބް ހޮސެއިން (30އ)

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ހައްޔަރުކުރި އެންމެން ވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.


މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement