
ޓެކްސީ ލައިން ޤާއިމް ކުރުމުގެ މަސައްކަތަށް ހުއްޓުމެއް ނެތް, ޖުލައި މަހު ފަށަނީ
ސަރުކާރުން ޓެކްސީ ލައިނެއް ޤާއިމް ކުރަން ނިންމެވި ނިންމެވުމަށް ހުޓުމެއް ނެތް ކަމަށާއި, މިއަހަރުގެ ޖުލައި މަހު ޚިދުމަތްދޭން ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދުގައި ވަޒީރު ވިދާޅުވީ އެމަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވައިގެން ކުރިއަށްދާ ކަމަށެވެ.
ޓެކްސީ ލައިނުގެ ޚިދުމަތް ދެނީ އެމްޓީސީސީންނެވެ. އެކުންފުނިން މިހާރު ޓެކްސީ ލައިން ފެށުމަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ބަޔަކު ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ ޓެކްސީ އެޕްތ ތައްޔާރުކުރުމާއި, ޓެކްސީ ޗަރޖިންގ ސްޓޭޝަންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޖޫން ނިމި ޖުލައިމަހު ޚިދުމަ ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ސަރުކާރުން ޓެކްސީ ލައިނެއް ޤާއިމްކޮށް ޚިދުމަތް ފަށަނީ ޓެކްސީ ހޯދުމުގައި ޢާއްމުންނަށް ތަކްލީފްތައް ކުރިމަތިވެ ކަންބޮޑުވުންތައް ގިނަވާން ފެށުމުންނެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނެއްގެ އެއް ބޭނުމަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް, ކޮންޓްރޯލެއް އޮތުން ކަމަށެވެ.
މިހާރު ބައެއް ޓެކްސީ ޑްރައިވަރުން ހިތުހުރި އަގުތަކެއް ނެގުމާއި, އެއަޕޯރޓާއި, ހުޅުމާލެ ދަތުރުތައް ނޫން ދަތުރުތައް ނުނަގާ ކަމުގެ ޝަކުވާ ބޮޑެވެ.
ރިއެކްޝަންސް






