
އަހަރެންގެ ޣައްޒާގެ ޕްލޭންގައި ފަލަޞްޠީނުގެ ރައްޔިތުންނަށް ޖާގައެއްނެތް: ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުގެ ދަށުން އޮތް ޣައްޒާގެ ޕްލޭންގައި ފަލަޞްޠީނުގެ ރައްޔިތުންނަށް ޖާގައެއްނެތްކަމަށް އޭނާ ބުނެފިއެވެ.
ފޮކްސް ނިއުސްއިން, ޓްރަމްޕްގެ ޕްލޭންގައި ޣައްޒާގެ ރައްޔިތުން އެނބުރި ޣައްޒާއަށް އަންނާނެތޯ ކުރި ސުވާލަށް ޖަވާބުދެމުން ޓްރަމްޕް ބުނެފައިވަނީ އެނާގެ ފްލޭންގައި އެމީހުން އެނބުރި އައުމެއް ނެތްކަމުގައެވެ.
"އެމީހުން ނާންނާނެ" ޣައްޒާގެ ރައްޔިތުންނަށް އެބިމަށް އަނބުރާ ނާދެވޭނެ ކަމަށް ޓްރަމްޕް ބުނެފައި ވާއިރު އޭނާ ބުނެފައިވަނީ ޣައްޒާ ވެގެންދާނީ އޭނާގެ އަމިއްލަ މިލްކެއްކަމުގައެވެ. އޭނާ އިތުރަށް ބުނީ އޭނާގެ ޕްލޭންގައި ޣައްޒާގެ ރައްޔިތުން އުޅޭނީ ޣައްޒާއާ ދުރުގައި އެމީހުންނަށް އަޅައިދޭ ރީތި ތަންތަނުގައި ކަމުގައެވެ.
ޣައްޒާއިން ރައްޔިތުން ބޭރުކޮށް, ފަލަޞްޠީނުގެ ނަސްލު ޣައްޒާގެ ބިމުން ފޮހެލާނެކަމަށް ޓްރަމްޕް އިއުލާންކޮށްފައިވާ ޕްލޭނަށް މުޅި ދުނިޔޭގެ ނުރުހުން ވަނީ އަމާޒުވެފައެވެ. ފަލަޞްޠީނުގެ ރައްޔިތުން ވަޒަންވެރި ކުރުވާނީ އުރުދުން, މިޞްރު އަދި ސައުދީ އެރޭބިއާގައި ކަމަށް ޓްރަމްޕް އަދި ނަތަންޔާހޫ ދައްކާފައިވާ ވާހަކަތަކަށް އެޤައުމުތަކުން ވަނީ ރައްދު ދީފައެވެ.
އަރަބި ލިގާއި އަވައްޓެރި އަރަބި ޤައުމުތަކުން, ހާއްސަކޮށް ސައުދި އެރޭބިއާއިން ބުނެފައިވަނީ ފަލަޞްޠީނުގެ ބިމުގައި އެގައުމުގެ ރައްޔިތުންނަށް ދަޢުލަތެއް ބިނާކުރުމުގެ މަސައްކަތުގައި ކުޑަވެސް ދޫދިނުމެއް ނެތްކަމުގައާއެއި ފަލަޞްޠީނުގެ ރައްޔިތުން އެބިމުން ނެރެލަން ކުރާ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެކަމުގައެވެ.
ނަމަވެސް ފޮކްސް ނިއުސްއަށް ދިން އިންޓަވިއުގައި ޓްރަމްޕް ބުނެފައިވަނީ އުރުދުން އަދި މިޞްރަށް އެމެރިކާއިން ދޭ އެހީތަކުގެ ފައިދާ ނަގައި އެ ދެ ގައުމަށް ފަލަޞްޠީނުގެ ރައްޔިތުން ގެންދަށް އެމީހުންގެ ވެރިންނަށް މަޖުބޫރު ކުރުވާނެ ކަމުގެ މޭރުމުންވާހަކަ ދައްކާފައެވެ.
"އަހަންނަށް ހީވަނީ އަހަންނަށް އެމީހުންނާ އެކު އެއްގަލަކަށް އަރަން އުނދަގުލެއް ނުވާނެހެން. އަހަރެމެން އެމީހުންނަށް އަހަރަކު އެތައް ބިލިއަން ޑޮލަރުދެން" ޓްރަމްޕް ބުނެފައި ވެއެވެ.
ރިއެކްޝަންސް






