ޣައްޒާގައި ކިރިޔާ ބޭނުންކުރެވޭ ހާލަތުގައި ހުރި ހޮސްޕިޓަލްތަކުންވެސް ތެޔޮހުސްވެ ހުއްޓުމަކަށް އަންނަނީ
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުންވެސް ދަނީ މަރަމުން: ފޮޓޯ-އޭޕީ

ޣައްޒާގައި ކިރިޔާ ބޭނުންކުރެވޭ ހާލަތުގައި ހުރި ހޮސްޕިޓަލްތަކުންވެސް ތެޔޮހުސްވެ ހުއްޓުމަކަށް އަންނަނީ

ޣައްޒާގެ މުޅި ސިއްޙީ ވަސީލައްތައް ވަނީ ސުންނާފަތިވެފަ

27 days ago - 15:39
Aug 20, 2024 - 15:40

އިޒްރާއިލްގެ ހަމަލާތަކުގައި އިއްޔެ އެކަނިވެސް ޣައްޒާއިން 35 މީހުން ވަނީ މަރާލާފައެވެ. ތެޔޮހުސްވެ, ހުއްޓުމަކަށް އައިސްފައިވާ ހޮސްޕިޓަލްތަކުގައި ހަމަލާތަކުގައި ޒަހަމްވެފައިވާ ކުޑަކުދިން ދަނީ މަރާ ހަނގުރާމަކުރަމުންނެވެ.

އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން 9 މީހުން މަރުވެފައިވަނީ ހުޅަނގު ޣައްޒާގައި އދ ން ހިންގާ ޝަތީ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް އިޒްރާއިލްއިން ދިން މިސައިލް ހަމަލާއެއްގައެވެ. 

ފަލަސްތީނުގެ އިންފޮމޭޝަން ސެންޓަރުން ހާމަކުރިގޮތުގައި މިއަދުވެސް އުތުރު ޣައްޒާގެ އަޒް-ޒަރްޤާ އަވަށުގައި އާންމުން ދިރިއުޅޭ ސަރަޙައްހަދަކަށް އިޒްރާއިލްއިން ބޮންއަޅާ ހަތަރު މީހަކު މަރާލާފައި ވެއެވެ. އަދި ދެކުނު ޣައްޒާގެ ޞަބްރާގައި އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވެސް އިޒްރާއިލް ގެ ހަނގުރާމަމަތީ ބޯޓްތަކުން ދަނީ ހަމަލާދެމުންނެވެ. 

އުތުރު ޣައްޒާގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ހަމައެކަނި ހޮސްޕިޓަލް, ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރ, ހުއްސަމް އަބޫ ސަފިއާ ބުނިގޮތުގައި އެހޮސްޕިޓަލްގެ ނާސަރީ އާއި އިންޓެންސިވް ކެއާރ ގައި މިހާރުވެސް 11 ކުޑަކުދިން އެބަތިއްބެވެ. ނަމަވެސް އެކުދިންގެ ފުރާނަވަނީ ނުރައްކަލެއްގެ ތެރޭގައެވެ.

Advertisement

"ހޮސްޕިޓަލް މިވަނީ ބަންދުކުރަން ޖެހިފައި. މިތަނުގައި ކަރަންޓެއްނެތް. ތެޔޮ ލިބޭނެ ގޮތެއް އަމުދުން ނެތް" އަބޫ ސަފިއާ ބުންޏެވެ. 

އަބޫ ސަފިއާ އާ ހަވާލާދީ އަލްޖަޒީރާގެ ފަލަސްތީނު ނޫސްވެރިޔާ ހިންދު ޚައުދަރީ ރިޕޯޓްކުރިގޮތުގައި އުތުރު ޣައްޒާއަށް ތެޔޮ ނުލިބޭނަމަ ހޮސްޕިޓަލްގައި ތިބި ތުއްތުކުދިންގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެޔަޤީން ނެތްތެވެ.  

"އަހަރެމެންނަށް އެނގޭ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ތެލާއި, ބޭހާ ހިމެނޭހެން ގިނަ ޓްރަކްތަކެއްގެ އެހީ އުތުރު ޣައްޒާއަށް ފޮނުވާފަ ވަނީ. އެކަމަކު އިޒްރާއިލްގެ ޗެކްޕޮއިންޓްތަކުގައި އެމީހުން ހުއްދަ ނުލިބިގެން އުތުރު ޣައްޒާއަށް އެތެރެ ނުވެވި ތާށިވެފައި ޓްރަކްތައް ހުރީ. އެހެންކަމުން އެކުދިންގެ ފުރާނަ ސަލާމަތްވާނެކަމުގެ ޔަޤީންކަމެއް ނެތް" ހިންދު ރިޕޯޓްކޮށްފައި ވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ހިންދު މައުލޫމާތު ދިންގޮތުގައި އޮކްޓޯބަރ 7 ގެ ފަހުން ޣައްޒާގެ 33 ހޮސްޕިޓަލެއް ވަނީ ބޭނުންނުކުރެވޭ ވަރުވެގެން ބަންދުކުރަން ޖެހިފައެވެ. ބާކީ ހުރި ހޮސްޕިޓަލްތައް އޮޕަރޭޓް ކުރުމަށް މިވަގުތަށް އެކަނިވެސް 4000 ލީޓަރުގެ ތޮޔެ ބޭނުންވެއެވެ. 

"މުޅި ޣައްޒާގެ ސިއްހީ ނިޒާމް ސުންނާފަތިވެ, ސިއްޙީ އަދި އިންސާނީ އެހީތެރިން ނުރައްކަލެއްގައި"

މެދުތެރޭ ޣައްޒާގައި ދިއެރް އެލް-ބަލަޙް ގައި ހުންނަ އަލް-އަޤްސާ ހޮސްޕިޓަލްގެ ތަރުޖަމާނު ޚަލީލް އަލް-ޑެގްރަން ވިދާޅުވީ ރަފަޙް ބޯޑަރު ބަންދުކޮށްފައި އޮންނަތާ 200 އަށް ވުރެ ގިނަދުވަސްވެފައިވާއިރު އެހޮސްޕިޓަލްގެ ސިއްހީ އާލާތްތައް ވަނީ އެއްކޮށް ހުސްވެ, ބަލިމީހުންނަށް ފަރުވާދެވޭނެ ގޮތެއް ނެތިފައެވެ.

"އެންމެ އާދައިގެ އެއްޗެހިވެސް މިހާރު މިތާކު ނެތް. ކިހިނެތް މިތާނގަ ފަރުވާދޭނީ. ސިއްހީ ފަރުވާ މިވަނީ މުޅިންހެން ހުއްޓިފަ" އޭނާ ބުންޏެވެ.

އދ ން ބުނި ގޮތުގައި 2023 ގައި ހަމަލާތައް ފެށުމާއި އެކު ފުރަތަމަ ތިން މަހުގެ ތެރޭގައި އދ ގެ 280 އިންސާނީ އެހީތެރިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރާލިއެވެ. އިއްޔެ އާ ހަމައަށް އދ ގެ ރިލީފް އެޖެންސީ އޮން ފަލަސްތީނިއަން ރެފިއުޖީސް (އަންރުވާ) ގެ އިންސާނީ އެހީތެރިންގެ 207 މީހުން ވަނީ އިޒްރާއިލް އިން ހަމަލާ ދީ މަރާލާފައެވެ

މިއާއެކު 10 މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ހަމަލާތަކުގައި ޣައްޒާގެ އިންސާނީ އެހީދޭ 289 މީހަކު މަރާލާފައި ވާކަމަށް އަންރުވާގެ އިސްވެރިޔާ ފިލިއްޕޭ ލަޒާރިނީ އިއްޔެ ބައިނަލްއަގުވާމީ އިންސާނީ އެހީތެރިންގެ ދުވަހާ ގުޅޭގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. މީގެ އިތުރުން, އޮކްޓޯބަރ 7 ގެ ފަހުން 885 ސިއްހީ ޚިދުމަތްތެރިންވެސް ޣައްޒާގައި މަރާލާފައިވާކަމަށް ލަޒާރިނީގެ ޕޯސްޓްގައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow