
އިޒްރާއިލްއިން ސީރިއާގެ ވެރިރަށް ދިމިޝްޤަށް ހަމަލާދޭން ފަށައިފި
މިހާތަނަށް އެކަކު މަރުވެ, 18 މީހަކު ވަނީ ޒަހަމްވެފައި
އިޒްރާއިލްއިން ސީރިއާގެ ވެރިރަށް ދިމިޝްޤަށް ހަމަލާދޭން ފަށައިފިއެވެ. ވައިގެމަގުން އިޒްރާއިލްއިން ދިން ހަމަލާތައް ޑިފެންސް މިނިސްޓްރީ އަށާއި ރައީސްގެ ގަނޑުވަރުކޮޅު ކައިރިއަށް އަރާފައިވާކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.
ހަމަލާތަކުގައި މިހާތަނަށް އެކަކު މަރުވެ, 18 މީހަކު ޒަހަމްވެފައިވާކަމަށްވެސް ސީރިއާގެ ނޫސް, ސަނާ އަދި އެހެން މީޑިއާ ރިޕޯޓްތައް ބުނެފައި ވެއެވެ.
ހަމަލާތައް ދީފައިވަނީ ސީރިއާގެ ސަރުކާރުގެ ފައުޖުތަކުން އެޤައުމުގެ ދަކުނުގައި އޮންނަ ސުވޭދާގައި ޑްރޫޒްއިންނާ ދެކޮޅަށް ހިންގަމުންގެންދާ ހަމަނުޖެހުންތަކުގައި ދެކޮޅަށް އެތާތިބެ ސަރަހައްދު ދޫކޮށް ނުގޮސްފިނަމަ ހަމަލާދޭނެކަމުގެ އިންޒާރު އިޒްރާއިލްއިން ދިންފަހުންނެވެ.
ސީރިއާގެ ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ ފައުޖުތައް އެސަރަހައްދަށް ފޮނުވާފައިވަނީ ޑްރޫޒުންނާއި ބެޑުއިން ހަނގުރާމަވެރިން އެސަރަހައްދުގެ މަސްލަހަތު ނަގާލާތީ އެކަން ހައްލުކުރުމުގެ ގޮތުންކަމުގައެވެ. ފައުޖުތަކުން ވަނީ އެ ސިޓީގެ 4 ބައިކުޅަ ތިންބައި ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެެ.
ހަމަލާތައް ފެށުމާއެކު އިމާރާތެއް ގޮވާ މަންޒަރުގެ އެކްސްގައި ޕޯސްޓްކޮށް އިޒްރާއިލްގެ ދިފާއީ ވަޒީރު, އިޒްރާއިލް ކާޓްޒް ވަނީ "ބޮޑެތި ގޮވުންތައް ފެށުނީ" މިހެން ލިޔެފައެވެ.
ރިއެކްޝަންސް






