ޔަމަނުގެ މިސައިލް ހަމަލާއަކާއެކު ތެލް އަވީވްގެ ބެން ގޫރިއަން އެއަރޕޯޓް ކުއްލި ހާލަތަށް
ުޔަމަނުގެ މިސައިލް ހަމަލާ އަމާޒުވެފައިވާ ބެން ގޫރިއަން އެއަރޕޯޓްގެ ސަރަހައްދު. ފޮޓޓޯ: ޓައިމްސް އޮފް އިޒްރާއިލް

ޔަމަނުގެ މިސައިލް ހަމަލާއަކާއެކު ތެލް އަވީވްގެ ބެން ގޫރިއަން އެއަރޕޯޓް ކުއްލި ހާލަތަށް

5 hours ago - 14:42
May 4, 2025 - 14:44

ޔަމަނުން ދިން މިސައިލް ހަލާއަކާ ގުޅިގެން އިޒްރާއިލްގެ ވެރިރަށް ތެލް އަވީވްގެ އެންމެ ކާރޫބާރޫ ބޮޑު ބެން ގޫރިއަން އެއަރޕޯޓް ކުއްލި ހާލަތަކަށް ގެނެސްފިއެވެ ހަމަލާއާއެކު އެއަރޕޯޓްގެ ޓްރެފިކް ހުއްޓުމަކަށް އައިސް މުޅި އިޒްރާއިލްގައިވަނީ ސައިރަންގެ އަޑުފަށްގަނޑު ގަދަވެފައެވެ.

ޔަމަނުން ފޮނުވާލި ބެލިސްޓިކް މިސައިލް އަމާޒުވެފައިވަނީ ބެން ގޫރިއަށް އެއަރޕޯޓްގެ ސަރަހައްދުގެ ތެރެއަށެވެ. ހަމަލާއާއެކު އެސަރަހައްދުގެ މަގުތަކާއި, އެއްގަމު އުޅަނތަކެއްވެސް ހަލާކުވެފައި ވާކަން އަލްޖަޒީރާއިން ވެރިފައިކޮށްފައިވާ ފޮޓޯތަކުން ފެނެއެވެ.

އާދިއްތަދުވަހު ހެނދުނު އިޒްރާއިލްގެ އަސްކަރިއްޔާއިންވަނީ އަސްކަރިއްޔާގެ ދިފާއީ ނިޒާމުން ޔަމަނުގެ ހަމަލާ ދިފާއުކުރުމުގައި ނާކާމިޔާބުވެފައިވާކަށް ކަށަވަރުކޮށްދީފައެވެ. އަސްކަރިއްޔާއިން ބުނީ ހަމަލާ ދިފާއުކުރުމަށް ދިފާއީ ނިޒާމުން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ކާމިޔާބު ވެފައިނުވާތީ އެމައްސަލަގެ ތަޙްޤީގެއް މިހާރު ފަށާފައިވާ ކަމުގައެވެ.

ހަމަލާއާ ގުޅިގެން އިޒްރާއިލްގެ މައި އެއަރޕޯޓަށް ފްލައިޓްތައް ޖެއްސުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި އެއަރޕޯޓަށް ވަދެވެން އޮންނަ މައި ދޮރާށިތައްވެސް ވަގުތީގޮތިން ބަންދުކުރިކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން އެސަރަޙައްދަށް ދަތުރުކުރާ ޓްރެއިންތައްވެސް މިހާރު އޮތީ ހުއްޓާލާފައެވެ.

Advertisement
Advertisement

ހަމަލާއާއެކު މެދުތެރޭ އިޒްރާއިލްގައި ސައިރަންގެ އަޑު އިރުތަކެއްވަންދެން މެދުނުކެނޑި ހުއްޓެވެ. އިޒްރާއިލްގެ މީޑިއާއިން ބުނި ގޮތުގައި އާންމުންގެ އެތައް މިލިއަން ބަޔަކު ވަނީ ހަމަލާއާއެކު ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.

އިޒްރާއިލްގެ ޕެރަމެޑިކްސް އިން ބުނި ގޮތުގައި ހަމަލާ އާ ގުޅިގެން ތިން މީހަކަށް އަނިޔާވެ ފަރުވާދޭން ޖެހުނެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި މިސައިލް އަރާފައިވަނީ އެއަރޕޯޓް ޕެރިމީޓަރގެ ގުޅިގައިވާ މައި މަގަކަށެވެ. އަދި މިސައިލްގެ ބައިތައް ގުޅިފައިވާ އެހެން މަގުތަކަށް ފެތުރިފައި ވެއެވެ.

ހަމަލާއާ ގުޅިގެން ހޫތީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިޒްރާއިލްއިން ޣައްޒާގައި ހަނގުރާމަ ފެށިފަހުން ބެލިސްޓިކް މިސައިލް އާ ޑްރޯންގެ އެހީގައި ހޫތީން އަންނަނީ އިޒްރާއިލްއަށް ހަމަލާ ދެމުންނެވެ. މި ފަހުން ހޫތީން ހަމލާތައް ވަރުގަދަކޮށްފައިވަނީ އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާފައި އޮތްއޮތުމާ ދެކޮޅުހެދުމުގެ ގޮތުންނެވެ.

އިޒްރާއިލް އިން ޣައްޒާގެ ރައްޔިނުންނަށް ކާނާ އާއި ބޯފެން ލިބުމުގެ މަގުތައް ބަންދުކޮށްފައިވާއިރު, ދެ މަސްދުވަހުގެ ތެރޭގައި ހައިހޫނުކަމުގައި ޣައްޒާއިންވަނީ 57 މީހުން ނިޔާވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow