މަސްތުގެ ހާލަތުގައި އިނދެ ނުރައްކާތެރިކޮށް ކާރެއްދުއްވި މީހަކު ހައްޔަރުކޮށްފި
މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާ/ ފޮޓޯ: ފުލުހުންގެ އިދާރާ

މަސްތުގެ ހާލަތުގައި އިނދެ ނުރައްކާތެރިކޮށް ކާރެއްދުއްވި މީހަކު ހައްޔަރުކޮށްފި

5 hours ago - 13:21
May 4, 2025 - 13:27
Advertisement
Advertisement

ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް ފުލުހުންގެ ޚިދުމަތުން ހުއްޓުވައި، އެ ކާރު ދުއްވި ފަރާތް ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. ފުލުހުން ވިދާޅުވީ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހެޑްލައިޓް ނުދިއްލާ، 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވިގެން އެ ކާރު ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް އެކާރު މަޑުނުކޮށް ދިޔަ ކަމަށެވެ. 

އެއަށްފަހު ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން އެ ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދިޔަ މަންޒަރު ފެނިގެން މަޑުކުރުމަށް އިޝާރާތް ކުރުމުންވެސް އެ ކާރު މަޑުނުކޮށް، ނުރައްކާތެރިކޮށް ދަތުރު ކުރަމުން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެންމެ ފަހުން ފުލުހުންގެ މަސައްކަތުން ކާރު ހުއްޓުވާލެވުނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިންކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Advertisement

 މި މައްސަލައާ ގުޅިގެން، ކާރު ދުއްވި ހމ. ފްލެޓްނަންބަރު 07-1-4 / މާލެ، މުޙައްމަދު މާއިސް (23އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މައްސަލަ އިތުރަށް ތަހްގީގުކުރަމުން ގެންދާކަމަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement