ބާންމައުތު އަތުން ވީ ބައްޔާއެކު ލިބުނު ނުތަނަވަސްކަން ބުދަ ދުވަހު މޮޅުވާން ބޭނުންކުރަންވާނެ: އާޓެޓާ
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ. ފޮޓޯ: އާސެނަލް

ބާންމައުތު އަތުން ވީ ބައްޔާއެކު ލިބުނު ނުތަނަވަސްކަން ބުދަ ދުވަހު މޮޅުވާން ބޭނުންކުރަންވާނެ: އާޓެޓާ

5 hours ago - 12:20
May 4, 2025 - 13:27

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލްގެ ދަނޑުގައި ބާންމައުތު އަތުން ވީ ބަލިން ލިބުނު ނުތަނަވަސްކަން ބުދަ ދުވަހު އޮންނަ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ބޭނުންކުރަންވާނެ ކަމުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ. ހޮނިހިރު ދުވަހު ބާން މައުތުއަތުން އަތުން އާސެނަލް ބަލިވީ 2-1 ންނެވެ.

ރޭގެ މެޗުގައި ޑެކްލަން ރައިސް ވަނީ އާސެނަލަށް 100 ވަނަ މެޗު ވަނީ ކުޅެދީފައެވެ. މެޗުގައި އާސެނަލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީވެސް އޭނާއެވެ.

ލީގުގެ ދެވަނައިގައި އޮތް އާސެނަލް މޮޅަކާއެކު, ރޫހު ރަނގަޅުކޮށް ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގާ ކުރުމަތިލުމަށް އޮތް ޕްލޭން ނާކާމިޔާބުކޮށްލީ ބާންމައުތުގެ ޑީން ހޮއިލުންޑް އަދި އެވަނިލްސަން އެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި އެމިރޭޓްސް ސްޓޭޑިއަމްގައި ފްރާންސްގެ ޕީއެސްޖީން އާސެނަލްގެ މައްޗަށް ކުރިހޯދީ 1-0 ންނެވެ.

Advertisement
Advertisement

"ޕޮޒިޓިވް ނަތީޖާއެއް ލިބުންނަމަ އަހަރެމެން ބުދަ ދުވަހު ހާސިލްކުރަންބޭނުންވި އަމާޒަށް ވާސިލްވާން ފަސޭހަވީސް. އަހަރެމެން މިވަގުތު މިތިބީ ވަރަށް ހިތްހަމަ ނުޖެހި މާޔޫސްވެ, ރުޅި އައިއްސަ. އެއީ ހަޖަމުކުރަން އެހާ ފަސޭހަ ބައްޔެއްނޫން. އެހެންވީމަ, ބުދަ ދުވަހު އަހަރެމެންގެ ކުޅުން ރަނގަޅުކުރަން ޕެރިހުގަ އެ އިޙްސާސް އަހަރެމެން އެބަޖެހޭ ބޭނުންކުރަން. މެޗު ކާމިޔާބުކޮށް ފައިނަލަށް ދިއުމަށް" ރިޕޯޓަރުންނަށް އާޓެޓާ ބުންޏެވެ.

ޕްރިމިއަރ ލީގުގައި އާސެނަލްއަށް ބާކީ ތިން މެޗު އޮތްއިރު އެ ތިން މެޗުން މަދުވެގެން ހަ ޕޮއިންޓް ހޯދުމަކީވެސް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށްޓަކައި އާސެނަލްއަށް މުހިއްމު ކަމެކެވެ. ދެވަނައިގައި 67 ޕޮއިންޓާއެކު އާސެނަލް އޮތްއިރު, މެންޗެސްޓަރ ސިޓީ ތިންވަނައިގައި އޮތީ 64 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި ނިއުކާސަލް ޔުނައިޓަށް އޮތީ 62 ޕޮއިންޓާއެކުއެވެ.

ޖެހިގެންއަންނަ ހަފުތާ ބަންދުގައި އާސެނަލްގެ ދަނޑުގައި ނިއުކާސްލް ޔުނައިޓަޑް އާ ވާދަކުރުމުގެ ކުރިން އާދިއްތަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް އެންފީލްޑްގައި ނިކުންނާނެއެވެ.

"ހިސާބު އަދަދަށް ބަލަންޏާ އަހަރެމެން އަދި ކޮލިފައި ނުވޭ (އަންނަ ސިޒަނުގެ ޗެމްޕިއަންސް ލީގަކަށް). ދެވަނައިގައި ލީގު ނިންމާލެވޭނެއެކޭ އަދި ނެތް ބުނެވޭކަށް. އެހެންވީމަ ވަރަށް މަސައްކަތް އެބައޮތް" އާޓެޓާ ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow