ސިގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުވަނީ މިއަދުން ފެށިގެން
މިމަހުގެ 15 ން ފެށިގެން ވޭޕް އެތެރެކުރުން ވެސް މަނާވާނެ
ސިގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުވާ ގޮތަށް ދިވެހިރާއްޖޭގެ އިމްޕޯރޓްއެކްސްޕޯޓް އިމްޕޯރޓް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤި ކުރެއްވުމާ ގުޅިގެން އެބާވަތްތަކުން ނަގާ ޑިއުޓީ މިއަދުން ފެށިގެން ބޮޑުވާނެއެވެ. ދިވެހިރާއްޖޭގެ އެކްްޕޯރޓް އިމްޕޯޓްގެ ޤާނޫނަށް 19 ވަނަ އިޞްލާހު ގެނައުމުގެ ބިލް އިއްޔެ ރައްޔިތުންގެ މަޖިލިހުން ފާސްކުރުމާއެކު ރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤު ކުރައްވާފައެވެ.
މި ބިލުން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އެންމެ ބޮޑު ބަދަލަކީ ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކާއި، އިލެކްޓްރޯނިކް ސިގިރެޓް އަދި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްތަކާއި، ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓްތަކާއި، އެ އެއްޗެހީގެ ބައިބައި ޤާނޫނުގައި ބަޔާންކޮށް ޑިއުޓީ ބޮޑުކުރުމެވެ.
ޤާނޫނަށް އަމަލުކުރަން ފެށުމާއެކު މިއަދުން ފެށިގެން ސިގިރޭޓުން ނަގާ ޑިއުޓީ މިންވަރު 50 އިންސައްތަ، ބޮޑުވެ, ސިގިރެޓަކުން 8 ރުފިޔާ އިތުރު ވާނެއެވެ.
ބިޑިން ނަގާ ޑިއުޓީ މިންވަރުވެސް 50 އިންސައްތަ ބޮޑުވެ, ބިޑިއަކުން 8 ރުފިޔާ އިތުރުވާނެއެވެ.
އިލެކްޓްރޯނިކް ސިގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ އެނޫންވެސް އާލާތްތަކަށް އަޅާ ފްލޭވަރ އާއި ކެމިކަލްގެ ޑިއުޓީ މިންވަރުވެސް 50 އިންސައްތަ، އަދި މިލިލީޓަރަކަށް 8 ރުފިޔާ މިއަދުން ފެށިގެން އިތުރު ވާނެއެވެ. ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ޑިއުޓީގެ މިންވަރުވެސް 50 އިންސައްތަ، އަދި ސްޓިކަކުން 8 ރުފިޔާ މިއަދުން ފެށިގެން ބޮޑުވާނެއެވެ.
އިލެކްޓްރޯނިކު ސިނގިރޭޓާއި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ޓޮބޭކޯ ހީޓިންގ ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީގެ މިންވަރު ވަނީ 200 އިންސައްތަ އަށް ބޮޑުކޮށްފައެވެ.
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕާއި ވޭޕްގެ ބާވަތްތައް އެތެރެކޮށް, އަންނަ މަހުގެ 15 ވަނަ ދުވަހުނޖް ފެށިގެން ރާއްޖޭގައި ބޭނުން ކުރުން މަނާކުރަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ރިއެކްޝަންސް