ޕާރކް ކޮށްފައި ހުރި ސައިކަލެއްގައި އެމްޓީސީސީ ބަހަކުން ޖެހި އެކްސިޑެންޓް ވެއްޖެ
އެމްޓީސީސީ ބަހުން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެފަ

ޕާރކް ކޮށްފައި ހުރި ސައިކަލެއްގައި އެމްޓީސީސީ ބަހަކުން ޖެހި އެކްސިޑެންޓް ވެއްޖެ

1 year ago - 09:22
Nov 1, 2024 - 09:22
Advertisement
Advertisement

ޕާރކް ކޮށްފައި ހުރި ސައިކަލެއްގައި އެމްޓީސީސީ ބަހަކުން ޖެހި އެކްސިޑެންޓް ވެއްޖެއެވެ. މިހާދިސާ ހިނގީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ.

އެމްޓީސީގެ ބަހަކުން ޖެހުނީ ވެސްޓްޕާރކް ކައިރީ ޕާރކް ކޮށްފައި ހުރި ސައިކަލެއްގައެވެ. މީގެއިތުރުން އަމީނީ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި އަންހެނަކަށް ފަރުވާ ދިނުމަށްވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ބުނީ މިހާދިސާއާ ގުޅިގްނެ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަމީނީ މަގުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިވެސް ރޭ އެކްސިޑެންޓެއް ހިނގިއެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓްގައި މީހަކަށް އަނިޔާ ނުވާ ކަމަށެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

އިއްޒުއްދީނު މަގުގައި އެސްޓީއޯ ފުށް ގުދަން ކައިރީވެސް ދެ ސައިކަލް ޖެހި ރޭ އެކްސިޑެންޓެއް ހިނގިއެވެ. ފުލުހުން ބުނީ އެމައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރޭ އެކްސިޑެންޓްތަކެއް ހިނގާފައި މިވަނީ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވުން އިތުކޮށް, އެކްސިޑެންޓްތައް މަދުވެފައި ވަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement