މަސްވެރިންނަށް 11.8 މިލިޔަން ރުފިޔާ މިފްކޯއިން ދޫކޮށްފި

މަސްވެރިންނަށް 11.8 މިލިޔަން ރުފިޔާ މިފްކޯއިން ދޫކޮށްފި

19 hours ago - 08:33
Advertisement
Advertisement

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް މަސްކިރުވި މަސްވެރިންނަށް މި ހިނގާ ފެބްރުއަރީ މަހުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި 11.8 މިލިޔަން ރުފިޔާ ދޫކޮށްފި ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 


މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 285 އަށްވުރެ ގިނަ ދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސްކިރުވާފައެވެ. މި ދޯނިތަކަށް މި މުއްދަތުގެ ތެރޭގައި މުޅި ޖުމްލަ 11،816،436 (އެގާރަ މިލިޔަން އަށްލައްކަ ސޯޅަހާސް ހަތަރުސަތޭކަ ތިރީސް ހަ) ރުފިޔާ ވަނީ ދޫކޮށްފައެވެ.


ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ 13 ދުވަހުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މި މަހުގެ 7 ވީ ބުދަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް މިފްކޯއަށް މަސްކިރުވި 26 ދޯންޏަކަށް ޖުމްލަ 1،469،010 (އެއް މިލިޔަން ހަތަރުލައްކަ ފަސްދޮޅަސް ނުވަހާސް ދިހަ) ރުފިޔާ ވަނީ ދޫކޮށްފައެވެ.


މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. މިގޮތުން، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ގިނަދުވަސްވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement
Advertisement


މިފްކޯއިން ބުނެފައިވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދޫކޮށް މަސްވެރިންނަށް ލިބެންޖެހޭ ހައްގު އުޖޫރަ ލަސްނުކޮށް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.            

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement