ރައީސް އޮފީހުގެ ތަރުޖަމާނު ކަމުން ޝަހީބު ވަކިކޮށްފި
ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކުރައްވައިފި
ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކުރައްވައިފިއެވެ.
އެހެން ނަމަވެސް ރައީސް އޮފީހުން އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގެ ތަރުޖަމާނު ކަމުން ވަކި ކުރުމަށްފަހު ޝަހީބު އައްޔަނު ކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ޝަހީބު ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަންގެ މަގާމަށް އައްޔަނު ކުރެއްވީވެސް ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.
މަގާމަށް އައްޔަނު ކުރިތާ ދެހަފްތާއެއްހާ ދުވަސްފަހުން ޝަހީބު ވަކިކޮށްފައި މިވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވާ ގޮތުގެ ޝަކުވާ ނޫސްވެރިން ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރިއެކްޝަންސް