ޕްރޮޖެކްޓްތައް ލަސްވަނީ އެމްޑީޕީ ސަރުކާރުން ކުންފުނިތަކަށް ފައިސާ ނުދީ ހުރުމުން- އެޑިއުކޭޝަން މިނިސްޓަރ
އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއީލް ޝަފީއު މަޖިލިހުގައި ސުވާލުތަކަށް ޖަވާބުދެއްވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ޕްރޮޖެކްޓްތައް ލަސްވަނީ އެމްޑީޕީ ސަރުކާރުން ކުންފުނިތަކަށް ފައިސާ ނުދީ ހުރުމުން- އެޑިއުކޭޝަން މިނިސްޓަރ

5 hours ago - 09:41
May 5, 2025 - 09:41
Advertisement
Advertisement

ޕްރޮޖެކްޓްތައް ލަސްވަނީ އެމްޑީޕީ ސަރުކާރުން ކުންފުނިތަކަށް ފައިސާ ނުދީ ހުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގައި މިއަދު މެމްބަރުން, އެމެމްބަރުންގެ ދާއިރާގެ މަޝްރޫއުތައް ލަސްވާ ސަބަބާ ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ ލަސްވާ ސަބަބަކީ 'އެމްޑީޕީން' ފައިސާ ނުދީ ހުރުމުން ކަމަށެވެ. 

ތައުލީމީ ދާއިރާއިން, އެކި ދާއިރާތަކުގައި ހުރި މަޝްރޫއުތަ ލަސްވާ ސަބަބާ, ފެށޭނަ ތާރީޚާ ގުޅޭގޮތުން ސުވާލުކުރައްވަމުން ދިއުމުން ވަޒީރު ވިދާޅުވީ ދާއިރާގެ މަޝްރޫޢުތައް ލަސްވާނަމަ ޖުމްލަކޮށް ހުރިހާ މެމްބަރުންގެވެސް ކަންބޮޑުވުން އޮންނާނެ ކަމަށެވެ. އެކަން އެނގިވަޑައިގަންނަވާ ކަމަށާއި, އެއީ އޮންނަންވެސް ޖެހޭނެ ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ. އެކަމަކު ޕްރޮޖެކްޓްތައް ލަސްވީ މިދިޔަ ސަރުކާރުން ފައިސާ ނުދެވި ވަރަށްގިނަ ދުވަސް ވެގެންދިއުމުން ކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު އައިއިރުގަވެސް 200 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިސާ ހުރީ ނުދީ. ކިހިނަކުންތޯ މޮބަލައިޒްވެފަ ވަކި ލޮކޭޝަނަކަށް ވަކި ސައިޓަކަށް ގޮސްފަ އޮންނަ ކުންފުންޏަކަށް ފައިސާ ނުދޭކަމުގައިވާނަމަ މަސައްކަތާއިގެން ކުރިއަށް ދެވޭނީ." ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން މިހާރު އެމްޑީޕީން ނުދީހުރި ފައިސާގެ ތެރެއިން 17 މިލިއަން ރުފިޔާ ނޫން ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement