
ގައުމީ ތަށި މިފަހަރުވެސް ވެމްކޯއަށް, މިއީ ވިދިވިދިގެން އެތަށި ހޯދި 4 ވަނަ ފަހަރު
ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯއިން އަނެއްކާވެސް ދިފާއުކޮށްފިއެވެ. މިއީ އެތަށި ވެމްކޯއިން ވިދިވިދިގެން ހޯދި 4 ވަނަ ފަހަރެވެ.
މިފަހަރުވެސް ވެމްކޯއިން ތަށި ހޯދީ ފައިނަލްގައި ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ. ވާދަވެރި ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މެޗުގެ ސެޓްތައް ވެމްކޯއިން ގެންދިޔައީ 23-25, 25-22, 23-25, 25-18 އަދި 15-08 ނެވެ.
ގައުމީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ވެމްކޯގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާއާއި ޕޮލިހުގެ އައިމިނަތު އަރީޝާ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާ އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯއަށް ތަށި ހޯދައިދިން އަހުމަދު އަދީލް (ބޭބެ) އެވެ.
ވެމްކޯއިން ވަނީ އެސޯސިއޭޝަން ކަޕްވެސް ވިދިވިދިގެން 4 ވަނަ ފަހަރަށް ހޯދާފައެވެ. ގައުމީ ލީގު ހޯދީ ޕޮލިސް ކްލަބެވެ.
ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް އެވެ.
ރިއެކްޝަންސް






